ކ. މާލެ
|
27 އޭޕްރިލް 2019 | ހޮނިހިރު 22:06
މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މުހައްމަދު ޝަރުހާން
ޖީއެސްޓީ ބަޔާން
ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ
ބަޔާން ހުށަޅަނާޅާ ފަރާތްތައް ޖޫރިމަނާ ކުރާނެ

މިއަހަރުގެ ފުރަތަމަ ކުއާޓަރ ޖީއެސްޓީ ބަޔާނާއި މާޗް މަހުގެ ޖީއެސްޓީ ބަޔާން ހުށައެޅުމުގެ ސުންގަޑި އާދިއްތަ ދުވަހު ހަމަވާނެއެވެ.

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކޮށްފައިވަނީ މަހަކު އެއް ފަހަރު ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ފަރާތްތަކާއި، ތިންމަހުން އެއް ފަހަރު ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ސުންގަޑިއަށް ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށެވެ.

ވަގުތީ ގޮތުން ވިޔަފާރި ހުއްޓާލިކަމުގައި ވީނަމަވެސް ނުވަތަ ޖީއެސްޓީގެ ރަޖިސްޓްރީން އުނި ކުރަން ހުށަހަޅާފައި ވީނަމަވެސް ޖީއެސްޓީ ރަޖިސްޓްރީން އުނިކުރެވިފައި ނުވާނަމަ ޖީއެސްޓީ ބަޔާން ހުށަހަޅައި ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު މީރާ އަށް ދައްކަންވާނެ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

އަހަރެއްގެ މައްޗަށް 5 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކާއި ޖީއެސްޓީ ބަޔާނާއެކު ކެޕިޓަލް ޚަރަދުތަކުގެ މައުލޫމާތު ހިމެނޭ އިންފޮމޭޝަން ޝީޓް ހުށަހަޅަންޖެހޭ ފަރާތްތަކުން ޖީ.އެސްޓީ ބަޔާން ހުށަހަޅަން ޖެހޭނީ މީރާ އޮންލައިން ޕޯޓަލް މީރާ ކަނެކްޓް މެދުވެރިކޮށެވެ. 50 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތައް ވެސް ޖީއެސްޓީ ދައްކަން ޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށެވެ. މީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން ލާޒިމުނުވާ ފަރާތްތަކަށް ވެސް މީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކިދާނެއެވެ.

ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަށް ހުށަނާޅައިފިނަމަ ފާއިތުވާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަދި ޓެކްސް ދައްކަން ޖެހޭ ދުވަހުން ފެށިގެން ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދުގެ 0.05 އިންސައްތަ އިން ޖޫރިމަނާ ކުރާނެ ކަމަށް މީރާ އިން ބުނެއެވެ.

 

- ކޮމެންޓް