Advertisement
ކ. މާލެ
|
26 އޭޕްރިލް 2019 | ހުކުރު 19:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
ލަންކާގެ ބޮމުގެ ހަމަލާތައް
ރައީސް ސޯލިހު ލަންކާގެ ރައީސާއި ބޮޑުވަޒީރަށް ގުޅުއްވައި ހާލަތު ބައްލަވައިފި
ރާއްޖެ އަބަދުވެސް ލަންކާއާ އެކު ސާބިތުވެ އޮންނާނެ ކަމަށް ރައީސް ވިދާޅުވި

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އަށާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ފޯނުން ގުޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ދެ ބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ހާދިސާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ނަމުގައި އާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ތައުޒިޔާ ވިދާޅުވެފައެވެ. އަދި، ސްރީލަންކާގެ މިހާރުގެ ހާލަތު އޮޅުންފިލުއްވައި، ރާއްޖެއިން އަބަދުވެސް ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އާދިއްތަ ދުވަހު ސްރީލަންކާގެ ފައްޅިތަކާއި، ހޮޓާތަކަށް ދިން ހަމަލާގެ ޒިންމާ އެ ގައުމުގެ ސަރުކާރުން ނަގަން ޖެހޭ ކަމަށާއި، އެފަދަ ހަމަލާއެއް ދިމާވާން މެދުވެރިވީ އެގައުމުގެ އިންޓެލިޖެންސްގެ އިދާރާ ބަލިކަށިވުމުން ކަމަށް ލަންކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އާދިއްތަ ދުވަހު ލަންކާ އަށް ދިން ބޮމުގެ ހަމަލާގައި 253 މީހުން މަރުވެ 500 އެތައް މީހަކު ވަނީ ޒަހަމްވެފައެވެ. ލަންކާ އަށް ޓެރަރިސްޓް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ބޭރު ގައުމުތަކުގެ ޖާސޫސީ އިދާރާތަކުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޑިފެންސް އެޖެންސީތަކުން ދެމުން ދިޔަ ކަމަށް ހެލްތް މިނިސްޓަރު ޑރ. ރަޖިތަ ވަނީ ދާދީ ފަހުން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް