ކ. މާލެ
|
19 އޭޕްރިލް 2019 | ހުކުރު 14:34
ކީރިތި ޤުރުއާން
ކީރިތި ޤުރުއާން
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
 
ހެއު ނަސޭހަތް ދިނުމަށް އެ ސޫރަތުން ބާރުއަޅާފައިވޭ
 
ވަގުތުގެ މުހިއްމުކަން އެސޫރަތުން ދޭހަވޭ

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ އަސްރު ސޫރަތުން ލިބޭ އިބްރަތްތަކާއި ފިލާވަޅުތަކަށެވެ. 

"އަލް އަޞްރު ސޫރަތުން ލިބޭ ބައެއް ފިލާވަޅުތަކާއި، ޢިބްރަތްތައް" މި މައުޟޫގެ މައްޗަށް ބިނާ ކޮށްފައިވާ ޚުތުބާގައި ބުނީ، މި ސޫރަތުން ލިބޭ އެންމެ ބޮޑު އެއް އިބްރަތަކީ ވަގުތުގެ މުހިއްމުކަން ކަމަށެވެ. އެގޮތުން މި ސޫރަތް ފަށަމުން "ޒަމާން ގަންދެއްވަމެވެ" އޭ ވިިދާޅުވެ ފަށާފައިވާ ކަމަށާއި، އެކަމުން ދޭހަވަނީ ވަގުތަށް މާތް ﷲ ދެއްވާފައިވާ އަހައްމިއްޔަތުކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ވަގުތުގެ ބޭނުން ހެއު ގޮތުގައި ހިފުމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކުރުމަށްޓަކައި ތިމާގެ ދުވަހުގެ ތާވަލު އެކުލަވާލައި ނަމާދާއި، ﷲ އަށް ކިޔަމަންތެރިވުމަށް އިސްކަންދޭ ހާލުގައި ތިމާގެ އެހެން ކަންތައްތައް ތަރުތީބު ކުރުމެވެ. ބޭކާރު ގޮތުގައި ވަގުތު ނަގާ ނުލުމެވެ. އެ ދެ ނިއުމަތްތަކާމެދު ވަރަށް ގިނަ ބަޔަކު ޢާފިލުވެފަައިވާ ދެ ނިއުމަތެއްގެ ވާހަކަ ލޮބުވެތި ރަސޫލާ ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. ހަދީޘް ކުރެއްވިއެވެ. އެއީ ފުރިހަމަ ސިއްހަތާއި ހުސްވަގުތެވެ" ޚުތުބާގައި ބުނެފައިވެއެވެ. 

މި ސޫރަތުން ލިބޭ އިބްރަތްތަކާ ގުޅޭގޮތުން ޚުތުބާގައި އިތުރަށް ބުނީ، މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް ހެއު ކަންތައްތަކަށް މަގުދައްކަން ޖެހޭ ކަމަށާއި، "ދީނަކީ ނަސޭހަތެއް" ކަމަށް ކީރިތި ރަސޫލާވެސް 3 ފަހަރު ހަދީޡް ކުރައްވާފައިވާ ކަަމަށެވެ. އޭގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ މަންފާ ލިބޭ ފަދަ ކަންތައްތަކުގައި ރައްޔިތުން ވެރިންނަށް ވާގިވެރިވާން ޖެހޭނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"ނަސޭހަތް ދެވޭ މީހާގެ ކަރާމާތާއި އިއްޒަތް ހިފެހެއްޓުމާއެކު ނަސޭހަތްތެރި ވުމަކީ މުހިއްމު ކަމެކެވެ. އަދި އޭގެ ސަބަބުން އެ ނަސޭހަތެއް ޤަބޫލުކުރުމަށް މަގުފަހިވެގެންދާ ކަމެކެވެ. އެހެން ކަމުން ފަރުދުންނަށް ދެވޭ ނަސޭހަތް ދިނުމުގައި ސިއްރިއްޔާތުގައި އެ ނަސޭހަތެއް ދިނުން އެދެވިގެންވެއެވެ" ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައިި އިތުރަށް ބުނީ، އިސްލާމީ އުއްމަތުގެ އިލްމުވެރިންގެ ޤަދަރު ހިފެހެއްޓުމުގެ މުހިއްމު ކަމަޚީވެސް މި ސޫރަތުން ލިބިދޭ އިބްރަތެއް ކަމަށާއި، ޚާއްސަކޮށް ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތް ކުރައްވާ ފަރާތަތަކުން އިސްލާމީ ޝަރީއަތުގެ އިލްމުވެރިންގެ ޤަދަރު ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން، އިސްލާމީ މުުޖުތަމައުގެ ސަފުުތައް ބައިބައިވެެދާނެ ފަދަ އެންމެހާ ކަންކަމުން ދުރުހެލިވުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ. 

ތިން އާޔަތުގެ މައްޗަށް ބިނާވެގެންވާ އަދި މުސްލިމުންނަށް ގިިނަ އިބްރަތްތަކެއް އެކުލެވިގެންވާ ޢަޞްރު ސޫރަތަކީ މައްކާގައި ބާއްވައިލެއްވި ސޫރަތެކެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
5%
90%
0%
0%
0%
5%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި