Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 11:35
ސީއެސްސީގެ  ރައީސް ޑރ. އަލީ ޝަމީމް
ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް
ރާއްޖެއެމްވީ
މާލިއްޔަތު ކޮމެޓީ
ސީއެސްސީގެ މެމްބަރުން މިއަދު މަޖިލީހަށް ހާޒިރު ކުރަނީ
ސީއެސްސީގެ މެމްބަރުން މިއަދު މެންދުރު 14:00 ގައި ކޮމެޓީއަށް ހާޒިރު ކުރާނެ

ސިވިލް ސަރވިސް ކަމިޝަން (ސީއެސްސީ)ގެ މެމްބަރުން މިއަދު މަޖިލީހަށް ހާޒިރުކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއިން ނިންމައިފިއެވެ. 

އެ ކޮމެޓީގެ އެޖެންޑާގައިވަނީ ސީއެސްސީގެ މެމްބަރުން މިއަދު މެންދުރު 14:00 ގައި ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. 

ސީއެސްސީގެ މެމްބަރުން މިއަދު މަޖިލީހަށް ހާޒިރު ކުރަނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތު ހަމަނުވާ މީހުން ނަގާ ކަމަށްބުނެ

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އާރިފު މާޗް މަހުގެ 27 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް ފޮނުވި ސިޓީ އާއި ގުޅިގެންނެވެ. އެ ސިޓީއަށް  އެކޮމެޓީއިން އިއްުޔެ ބަހުސް ކުރުމަށްފަހު ހާޒިރުވެވަޑައިގަތް ނުވަ މެމްބަރުން ނިންމެވީ ސީއެސްސީގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކޮށް އެކަމާއި ގުޅޭ ގޮތުން  ސުވާލު ކުރުމަށެވެ.  

އެސިޓީގައިވާ ގޮތުން ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށް ކަން ސިވިލް ސަރވިސް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތުހަމަނުވާ ފަރާތްތައް ހަމަޖެއްސަމުންދާކަމުގެ ޚަބަރުތައް ބައެއް ނޫސްތަކުގައި ޝާއިއުކުރަމުންދާތީ އެކަންތައްތައް ސިވިސް ސަރވިސް ކޮމިޝަނުގެ މެމްބަރުންނާ ސުވާލުކޮށްގެން ސާފުކުރުމަށް ބޭނުންވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. 

ސީއެސްސީގައި ފަސް މެމްބަރުން ތިއްބަވައެވެ. އެ ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާއި އިބްރާހިމް ޝަހީގާއި  ޒަކަރިއްޔާ ހުސެއިނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް