އެންމެންގެ ރޯދަ ސޭލްގެ ފުރަތަމަ ނަސީބުވެރިޔާއަށް އިނާމް ހަވާލުކޮށްފިއެވެ.
އެންމެންގެ ރޯދަ ސޭލްއަކީ އޭސް ހާޑްވެއަރ އާއި ކަލަރބެންކް ގުޅިގެން ކުރިޔަށްގެންދާ ރޯދަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ 10 ދުވަހަކުން ސައިކަލެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ އަލީ ޝާމް އެވެ. މި އަގުހުރި ސައިކަލު އޭނާ އަށް ލިބުނީ ކަލަރބެންކް އިން ވިޔަފާރި ކޮށްގެނެވެ. ޝާމް އަށް ސައިކަލު ހަވާލުކޮށްފައި ވަނީ އޭސް ހާޑްވެއަރ ކޯޕަރޭޝަން އިންޓަރނޭޝަނަލް ގްލޯބަލް ސަރވިސަސްގެ ޑިރެކްޓަރ މިސްޓަރ ޖޭކޮބް ރޭޒްއެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަލަރބޭންކްގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ކުލަ ހިލޭ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ކަލަރބޭންކް އިން ފަށާ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއި ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފްތާއަކު ދެ ފަރާތަކަށް ރޯދަ ވީއްލުން ދިނުމުގެ އިތުރު ގިނަ އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކަލަރބޭންކް އިން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.