ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 18:47
އަލިއާ ބަޓް
އަލިއާ ބަޓް
ގޫގުލް
އާލިއާ ބަޓް
ހޮލީވުޑް އަށް ދާން ބޭނުން: އާލިއާ
އެއީ ކުރަން ފަސޭހަ ކަމެއް ނޫން
އެކަން ކުރަން ޖެހޭނީ ވަރަށް ވަގުތު އޮވެގެން

ހޮލީވުޑްގެ ފިލްމްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް އާލިއާ ބަޓް ބުނެފިއެވެ.

އާލިއާ ބުނެފައިވަނީ ވަރަށް އަވަހަށް ހޮލީވުޑް ފިލްމްތަކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އެއީ މުޅިން އައު އިންޑަސްޓްރީއަކަށް ވަނުން ކަހަލަ ކަމެއް ކަމަށެވެ. އަދި އެއީ ކުރަން ފަސޭހަ ކަމެއް ނޫންކަން ފާހަގަކޮށް އާލިއާ ބުނެފައި ވަނީ އެކަން ކުރަން ޖެހޭނީ އޭނާއަށް ވަރަށް ވަގުތު އޮވެގެން ކަމަށެވެ.

އާލިއާ އެންމެ ފުރަތަމަ ފިލްމްގެ ލީޑް ރޯލަކުން ފެނިގެން ގޮސްފައިވަނީ 2012 ވަނަ އަހަރު ކަރަން ޖޮހަރްގެ ފިލްމް ސޫޑަންޓް އޮފް ދަ އިޔަރ އިންނެވެ. އުމުރުން އެންމެ 26 އަހަރުގެ މި އެކްޓްރަސް އަކީ ބޮލީވުޑްގައި އާންމުންގެ ލޯބި ލިބިފައިވާ ކުޅަދާނަ، މަޝްހޫރު އެކްޓްރަސްއެކެވެ.

މި އަހަރު އާލިއާ ފެނިގެންދާ ގިނަ ފިލްމްތަކެއް ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު އޭނާ މިހާރު މަސައްކަތް ކުރަމުންދާ ބައެއް ފިލްމްތަކަކީ ފިލްމް ކަލަންކް، ފިލްމް ބްރަމާސްތްރަ އަދި ފިލްމް އިންޝާﷲ އެވެ.

ފިލްމް ކަލަންކް އަކީ 1940 ގެ އަހަރުތަކުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. މި ފިލްމްގައި އާލިއާގެ އިތުރުން ވަރުން ދަވަން، އަދިއްތިޔާ ރޯއީ ކަޕޫރާ، ސޯނާކްޝީ ސިންހާ އަދި ސަންޖޭ ދަތްގެ އިތުރުން މާދުރީ ޑިކްސިޓް ފެނިގެންދާނެއެވެ.

އާލިއާ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅެނީ ރަންބީރު ކަޕޫރާއެވެ. އަލިއާގެ ބައެއް ސަޕޯޓަރުންގެ ފަރާތުން އެ ދެމީހުންގެ ގުޅުމަށް ފާޑުކިޔުން އަމާޒުވިއިރު އަނެއްބައި ސަޕޯޓަރުން ވަނީ އެދެމީހުންގެ ގުޅުމަށް މަރުހަބާ ކިޔާފައެވެ.

 

 

- ކޮމެންޓް