ކ. މާލެ
|
12 އޭޕްރިލް 2019 | ހުކުރު 17:45
ވެލިގާ ހާޑްވެއަރ ފިހާރަ
ވެލިގާ ހާޑްވެއަރ ފިހާރަ
ރާއްޖެ އެމްވީ
ވެލިގާ ހާޑްވެއަރ
ވެލިގާ ހާޑްވެއަރގެ ރޯދަ ސޭލް ފަށައިފި
ރޯދަ ސޭލް ފަށާފައިވަނީ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު

ވެލިގާ ހާޑްވެއަރގެ ރޯދަ ސޭލް ފަށައިފިއެވެ.

ރޯދަ ސޭލް ފަށާފައި ވަނީ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މި ސޭލް ކުރިއަށް ދާނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ވެލިގާ ހާޑްވެއަރގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން ވިޔަފާރި ކުރާ ފަރާތްތަކަށް 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ވެލިގާ އިން ބުނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެ ވެލިގާ ހާޑްވެއަރގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް ވެސް ވެލިގާ އިން ވަނީ ބުނެފައެވެ. އަދި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ކޮންމެ ފިހާރައަކުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 500 ރުފިޔާގެ އަގު ހުރި ވައުޗަރއެއް ލިބޭނެއެވެ. މި ވައުޗަރ ބޭނުން ކޮށްގެން ވެލިގާ ހާޑްވެއަރގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން މުދާ ގަނެވޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

2008 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއަރ އިން ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. އަދި ހާޑްވެއަރ ވިޔަފާރީގެ ކުރީ ސަފުގައި ގުނާލެވޭ ވެލިގާ ހާޑްވެއަރ އަކީ އާންމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

ވެލިގާ ހާޑްވެއަރ އިން ރޯދަ މަހަށް ހާއްސަ ކޮށްގެން ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް