ކ. މާލެ
|
12 އޭޕްރިލް 2019 | ހުކުރު 19:25
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ރާއްޖެއެމްވީ
19 ވަނަ ރައްޔިތުންގެ މަޖިލީސް
''ސޭޓު ނޫން ގޮތެއް'' ހޯދިއްޖެ!
ޖޭޕީ އަރާ ކޮޅެއް މޮޅުވާނެ ކަމަށް ބުނާ ބުނުން ވަނީ ނިމުމަކަށް އައިސްފައި
ގާސިމްގެ ނުފޫޒު ދިވެހިން ބޭނުން ނުވާކަން ވަނީ ސާބިތުކޮށްދީފައި
ސިޔާާސީ ލީޑަަރުންގެ ބުރަދަނީ ކޮބައިކަން މަޖިލީހުގެ އިންތިހާބުން ހާމަވެއްޖެ

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ސިޔާސީ ޕާޓީތަކުގެ ބުރަދަން ރައްޔިތުން އެ ވަނީ ނިމިދިޔަ މަޖިލީހުގެ އިންތިހާބުގައި ދައްކުވައިދީފައެވެ. ރައްޔިތުން ތިބީ ވަކި ފަރުދުންތަކެއްގެ ދަށުވެފައި ނޫންކަން އެ ވަނީ ސާބިތުކޮށްދީފައެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތީ ވަކި މީހެއްގެ މުށު ތެރޭގާއި ކަމާއި ވެރިކަމަށް އާދެވެނީ ވަކި މީހެއް ނުވަތަ ވަކި ބައެއްގެ ތާއީދު އޮވެގެން ކަމަށް ބުނާ ބުނުން އެ ވަނީ ދޮގު ކޮށްދީފައެވެ. ނުވަތަ "ސޭޓު ނޫން ގޮތެއް" ރައްޔިތުން އެ ވަނީ ހޯދާފައެވެ.

ޖުމްހޫރީ ޕާޓީން އަބަދު ވެސް ބުނާ ވާހަކައެއް އޮވެއެވެ. ރާއްޖޭގެ ސިޔާސީ ދާއިރާގައި މޮޅުވާ ކޮޅު ކަނޑައަޅާ ޕާޓީއަކީ އެ ޕާޓީ ކަމެވެ. ނުވަތަ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަރުއްވާ ކޮޅެއް އެއީ މޮޅުވާ ކޮޅު ކަމަށް އެ ޕާޓީން އަބަދު ވެސް ގަބޫލުކުރެއެވެ. މި ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވާ ގޮތަށް ޖޭޕީ އަށް ހީވެފައި އޮތީ އެ ޕާޓީއަކީ "ކިންގް މެކާރސް"ގެ ގޮތުގައި ކަމަށެވެ. އެއީ މިހާތަނާ ޖެހެންދެން އެކަން އޮތް ގޮތް ކަމަށް ވެދާނެއެވެ.

އާ ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކާއި މަޖިލީހުގެ އިންތިހާބުތަކުގައި އެއް ޕާޓީއަކަށް މާ ބޮޑު ތާއީދެއް ލިބިގެން ގޮސްފައި ނުވުމަކީ އޭގެ ސަބަބެކެވެ. އެހެން ކަމުން ޖުމްހޫރީ ޕާޓީ ގުޅޭ ކޮޅެއް އެ ވަގުތެއްގައި އޮންނަނީ މޮޅުވެފައެވެ. އެއީ 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ކަމުގައި ވިޔަސް 2013 ގެ ރިޔާސީ އިންތިހާބާއި 2014 މަޖިލިސް އިންތިހާބުގެ އިތުރުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ފެނިގެން ގޮސްފައި ވަނީ އެ މަންޒަރެވެ. އެހެންކަމުން ޖޭޕީން ދިޔައީ އޭގެ ފުރިހަމަ ފައިދާ ވެސް ނަގަމުންނެވެ. ހާއްސަކޮށް އެ ޕާޓީ އެ ބޭފުޅެއްގެ މައްޗަށް އެކުލެވިގެންވާ ގާސިމް ގެންދެވީ ހުރިހާ ސަރުކާރެއްގައި ވެސް އޭގެ ފައިދާ ނަންގަވަމުންނެވެ. ނަމަވެސް ގާސިމަށް އެއްވެސް ސަރުކާރެއް ކަމުނުދަނީ ވެރިކަމަށް ފެންބުވައިގެންފައިވާ މިންވަރު ބޮޑު ކަމުންނެވެ.

އެ ސަރުކާރު ވެސް ވެރިކަމަށް އައީ ގާސިމްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައެވެ. ނަމަވެސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާނުކުރައްވަނީސް ގާސިމް ބޮޑާދައްކަވަން ފެއްޓެވިއެވެ. އަދި މަޖިލީހުގެ އިންތިހާބާ ހަމައަށް އައިއިރު ހަމަ ރަނގަޅަށް ވެސް ގާސިމް ހުންނެވީ "ވިޔަރިވެފަ" އެވެ. ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ އިންތިހާބަށް ޖޭޕީ އައީ ގާސިމަށާއި އާއިލާ އަށް އެތައް އަނިޔާއެއް ދީ ގާސިމްގެ ވިޔަފާރި އަށް އެތައް ހުރަސްތަކެއް ކުރިމަތިކުރވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައިޔަތު ހިފައިގެންނެވެ.

ގާސިމްގެ މި ނިންމެވުމާ އެކު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ދިޔައީ "ސޭޓު ނޫން ގޮތެއް" ހޯދަން ޖެހިއްޖެ ކަމަށެވެ. މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ ވާހަކަ ބާރަ ދެކެވެމުން ދިޔައެވެ. ކޮފީ މޭޒުތަކުގައި ވެސް ދިވެހިންގެ ދައްކަމުން ދިޔައީ ވަކި ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބު އޮންނަ އޮތުމުގެ ތެރެއިން ގާސިމް ނަންގަވާ ނާޖާއިޒު ފައިދާތަކަށް ހުއްޓުމެއް ގެނެވޭނެ ގޮތަކާ ބެހޭ ގޮތުންނެވެ. ދިވެހިން ބުނަމުން ދިޔައީ "ސޭޓު ނޫން ގޮތެއް" ހޯދަން ޖެހިފައިވާ ކަމަށެވެ.

މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އެ ވަނީ އެ ގޮތް ހޯދާފައެވެ. މިހާތަނަށް ދިވެހި ތާރީހުގައި ވެސް އެއް ޕާޓީއަކަށް ނުދޭހާ ބޮޑު އަގުލަބިއްޔަތެއް ސަރުކާރު ހިންގާ އެމްޑީޕީ އަށް ދީފައެވެ. މަޖިލީހުގެ 75 ޕަސެންޓް އެމްޑީޕީ އަށް ދީފައެވެ. އެ ހިސާބުން ނިމުނީއަކީ ވެސް ނޫނެވެ. މިހާތަނަށް ގާސިމްގެ ބާރާއި ނުފޫޒުގެ ދަށުގައި އޮތް ރަށްތައް މިހާރު އޮތީ އެ ނުފޫޒުން ސަލާމަތްވެފައިކަން އެ ވަނީ ސާބިތުކޮށްދީފައެވެ. މީގެ ކުރިން ގާސިމް ދެއްކެވި ކޮންމެ ބޭފުޅެއް ގޮނޑިތަކަށް ހޮވަމުން އައި ރައްޔިތުން އެ ގޮތް މިހާރު ގަބޫލުނުކުރާކަން އެ ވަނީ ސާބިތުކޮށްދީފައެވެ. ހުދު ގާސިމް އެ ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ މާމިގިލިން ވެސް ގާސިމަށް މާބޮޑު ތާއީދެއް ނެތްކަން އެ ވަނީ ހާމަވެފައެވެ. މީގެ ކުރިން ގާސިމާ ވާދަކޮށްލަން ވެސް މިހުން ޖެހިލުންވާ އެ ދާއިރާގައި ގާސިމަށް ކުރި ލިބިވަޑައިގަތީ ހަމަ ކިރިޔާއެވެ. ވާދަވެރި ކެންޑިޑޭޓަށް ވުރެ ހޯއްދެވުނީ އެންމެ 100 ވަރަކަށް ވޯޓެވެ.

މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވަރަށް ގިނަ ކަންކަން އެ ވަނީ ކަނޑައެޅިފައެވެ. އެންމެ ބޮޑު އެއް ކަމަކީ ވަކި ބައެއްގެ ނުފޫޒުގައި ނުވަތަ ރައްޔިތުން ސަޕޯޓްކުރަނީ ވަކި މޫނަކަށް ނޫން ކަމެވެ. ރައްޔިތުން ތާއީދުކުރަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުވަތަ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނޫން ކަމެވެ. ރައްޔިތުން ތާއީދު ކުރަނީ ސިޔާސަތުތަކަށެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާތަކެވެ. އެމްޑީޕީން ވިއްކަމުން ދިޔައީ މޫނުތަކެއް ނޫނެވެ. އެ ޕާޓީން ވިއްކީ ސިޔާސަތުތަކެވެ. ރައްޔިތުން ވޯޓު ދިނީ އެ ސިޔާސަތުތަކަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު ވަކި އަތަކަށް ކަނޑައެޅުމުގެ ބާރު ވަކި މީހެއްގެ ނުފޫޒުގެ ދަށުގައި އޮތް އޮތުމަށް ރައްޔިތުން އެ ވަނީ ނިމުން ގެނެސްފައެވެ. ރައްޔިތުން އެ ވަނީ "ސޭޓު ނޫން ގޮތެއް" ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
12 އޭޕްރިލް 2019 | ހުކުރު 19:32
އަދިއްޕެ
މޮޅު ލިއުމެއް! ބުރުމާ ގާސިމަށް ހީވެފައި އޮތީ، ދިވެހިންނަކީ އެހާ ބޮޑަށް ސިޔާސީ ކަންކަމަށް ރޯފިލާފައި ތިބި ބައެއްނޫނޭ! ތިމަންނާ ކިޔާ އެއްޗެއް ގަބޫލުކޮށްލާނެއޭ! އެހެންނޫންވާނީ ދޯ، ގާސިމް އިބްރާހިމް މެންނަކީ ރާއްޖޭގެ ރަށްރަށަށް ގޮސް ރައްޔިތުންގެ އުޅޭ ނޫޅޭ ގޮތް ބަލާ، ރައްޔިތުންގެ އެދުންތަކާއި، އިޙްސާސްތަށް ދަންނަ ބައެއްނޫނެ. މީނާގެ ކަމަކީ މީނާގެ މުދާ ހިމާޔަތްކުރުމާއި 2000 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ސ. އަތޮޅަށް ހުރި ފަޅުރަށްރަށުގެ ތެރެއިން މީނާގެ ނަމުގައި ހުރި 17 ފަޅުރަށް ހިމާޔަތްކުރުމާއި، މީނާގެ މުދާވެރިކަން ގިނަކުރުން! މިއީ މީނާގެ ކަމަކީ! މިނޫން ކަމެއް މީނާ ނުކުރޭ!
12 އޭޕްރިލް 2019 | ހުކުރު 17:21
ފަސްބާރު
2008 އިން ފެށިގެން ރިޔާސީ އަދި ޢާންމު އިންތިޚަބުގައި މުޅުވަނ އަހަރެން ވޯޓްދޭ ފަރާތް. އެހެންވީމާ މޑޕ އަދި ޕޕމ އަށްވުރެން އަހަރެން ގަދަ. ވަރަށް ވެދުން.
12 އޭޕްރިލް 2019 | ހުކުރު 15:00
hOjA
seytu hahaa kuree rahyithun...?