Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 18:37
ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނަޝީދު
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް 2019
އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ އަށް ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ
ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވޭ

ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު މަރުހަބާ ވިދާޅުވެއްޖެއެވެ. 

ބުދަ ދުވަހު ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި ނަޝީދާއި، އެމަނިކުފާނުގެ ޕާޓީން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަަވާފައިވާ ކަމަށެވެ. 

ރައީސް މައުމޫނު އެހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ވާހަކަތައް ދޮގުކޮށް، އެ މަނިކުފާނާއި އެމްއާރްއެމް އިން ވެސް އިންތިހާބުގެ ނަތީޖާ ބަލައިގަންނަ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ. 

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާ އެކު ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެވުނީ އެއްމެ މެމްބަރަކަށެވެ. އެގޮތުން ގޮނޑި ކާމިޔާބު ކުރެއްވީ ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުލް މުހުސިން ހަމީދް (ޖޭފޯ) އެކަންޏެވެ. އަދި ވަގުތީ ނަތީޖާތައް ދައްކާގޮތުން އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބު ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް