Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 17:16
އއ އަރިޔަދޫގައި އަލިފާން ރޯވުން
އއ އަރިޔަދޫގައި އަލިފާން ރޯވުން
ޕޮލިސް
އަލިފާން ރޯވުން
ފަޅު ރަށެއްގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވަނީ
މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއްނުވޭ
ފުލުހުން ދަނީ ހަރަކާތްތެރިވަމުން

އދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އަރިޔަދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. 

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ މެންދުރު 14:40 ހާއިރު ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން އެރަށުގައި ހަރާކްތެރިވަމުންދާ ކަމަށެވެ. 

އަރިޔަދޫގައި އަލިފާން ރޯވުން

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. 

ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، ރޭ މާލޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ގެއެއްގެ ތިން ފްލޯގައި ވެސް މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާތީ އެ ގޭ އެންމެންނަށް ސަރުކާރުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ވަނީ ހަމަޖައްސާފައެވެ. އަދި ދާދިފަހުން ވ. ފުލިދޫ ކުނިގޮނޑުގައި އަލިފާން ރޯވެގެން ވެސް އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 އޭޕްރިލް 2019 | ބުދަ 14:15
އެގޮތަކަށްވެސްނުވާނެ
އިއްލަބޭ އަތުން އަތުލަން ވަރަށް މަސައްކަތް އެބަކުރޭ