Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 21:48
ޣައްސާން މައުމޫނާއި ފާރިސް މައުމޫން
ޣައްސާން މައުމޫނާއި ފާރިސް މައުމޫން
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ފާރިސް ބޭރުވެ، ޣައްސާން މަޖިލީހަށް!
ގުރައިދޫ ދާއިރާއަށް ވާދަކުރެއްވި ޣައްސާން މިހާތަނަށް ވަނީ 417 ވޯޓް ހޯއްދަވާފައި

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަދި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު 19 ވަނަ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އިރު، ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫނު މި އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބުކުރައްވައިފިއެވެ.

ޣައްސާން މައުމޫނު ކާމިޔާބު ކުރެއްވީ ގުރައިދޫ ދާއިރާގެ ގޮނޑިއެވެ. ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ޣައްސާން މައުމޫން އިންތިޚާބު ކާމިޔާބު ކޮށްފި ކަމަށް މިހާތަނަށް ލިބުނު ވަގުތީ ނަތީޖާތަކުން ވަނީ ދައްކާފައެވެެ.

ގުރައިދޫ ދާއިރާއަށް ވާދަކުރެއްވި ޣައްސާން މިހާތަނަށް ވަނީ 417 ވޯޓް ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާ އެމްޑީޕީގެ މުހައްމަދު ނަސީރަށް ލިބިފައި ވަނީ 287 ވޯޓެވެ. ގުރައިދޫ ދާއިރާގެ މިހާރުގެ މެންބަރު ހުސައިން މަނިކު ދޮންމަނިކަށް ލިބިފައި ވަނީ 217 ވޯޓެވެ.

މައްޗަންގޮޅި އުތުރަށް ވާދަކުރެއްވި ޣައްސާންގެ ބޭބޭފުޅު ފާރިސް މައުމޫނު ވަނީ ބަލި ގަބޫލުކުރައްވާ އެދާއިރާއިން ގޮނޑި ކާމިޔާބުކުރެއްވި، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ބޯދިގު) އަށް މަރުހަބާ ވިދާޅުވެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 އޭޕްރިލް 2019 | ހޮނިހިރު 20:27
Ainth
Not laafa guraidhoo. It's thaa guraidhoo