Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 21:31
އައްޑޫގެ ދާއިރާތައް ކާމިޔާބު ކުރެއްވި އެމްޑީޕީ މެމްބަރުން
އައްޑޫގެ ދާއިރާތައް ކާމިޔާބު ކުރެއްވި އެމްޑީޕީ މެމްބަރުން
ރާއްޖެއެމްވީ
މަޖިލީސް އިންތިހާބު 2019
އައްޑޫ 7 ގޮނޑިވެސް އެމްޑީޕީ އަށް
ގިނަ މެމްބަރުންތަކެއް ވަނީ ގޮނޑި ދިފާއު ކޮށްފައި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން އައްޑޫ ސިޓީގެ ހަތް ގޮނޑިވެސް  އެމްޑީޕީއަށް ލިބިއްޖެއެވެ. މިއާއި އެކު އައްޑޫ ދާއިރާގެ ހުރިހާ ގޮނޑިއެއްވެސް އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފައެވެ. 

 އިންތިހާބުގެ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ގާނޫނީ ވަކީލް ހިސާން ހުސޭންގެ ފިރިކަލުން އިބްރާހިމް ނާޒިލް ކާމިޔާބު ކުރައްވާފައިވާއިރު އައްޑޫ މަރަދޫ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވީ، އެ ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުންދާ އިބްރާހީމް ޝަރީފްއެވެ.

އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ، ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރެއްވި ޝެރީނާ އަބްދުއް ސަމަދުއާ ވާދަކޮށް 126 ވޯޓުގެ ތަފާތަކުންނެވެ. ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ މުހައްމަދު އަސްލަމްއެވެ. މީދޫ ދާއިރާގެ ގޮނޑި ރޮޒެއިނާ އާދަމް ކާމިޔާބު ކުރައްވާފައިރު، ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަހްމަދު ރަޝީދުއެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ މަގާމު ފުރުއްވި އިލްޔާސް ލަބީބް ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ޝާހިދުއާ ވާދަ ކޮށެވެ. ފޭދޫ ދާއިރާގެ ގޮނޑި މުހައްމަދު ނިހާން ކާމިޔާބު ކުރެއްވީ 250 ވޯޓުގެ ތަފާތުންނެވެ.

އައްޑޫ ސިޓީގެ ގޮނޑިތައް އެމްޑީޕީއަށް ލިބިފައިވާ ކަމަށް ދައްކާއިރު  ވަގުތީ ނަތިއްޖާ ދައްކާ ގޮތުން އެމްޑީޕީ އަށް ގިނަ ގޮނޑި ތަކެއް ލިބޭނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް