Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 18:17
ކިޔު ބަންދުވެފައިވާ ކަމަށް ލިޔެފައިވާ ބޯޑެއް ހިފައިގެން
ކިޔު ބަންދުވެފައިވާ ކަމަށް ލިޔެފައިވާ ބޯޑެއް ހިފައިގެން
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ވޯޓް ފޮށިތައް ބަންދުކުރަން ފަށައިފި
ވޯޓް ފޮށި ބަންދުކުރަން ފަށާފައިވަނީ 6 ޖެހުމާއި އެކު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 6 ޖެހުމާ އެކު ބައެއް ސަރަހައްދުތަކުން ވޯޓް ފޮށި ބަންދުކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން އިރު އޮއްސި 6:00 ޖެހުމާ ހަމައަށް ވޯޓް ލުން ކުރިއަށް ގެންގޮސްފައިވާއިރު، ކިޔުގައި މީހުން ނެތް ސަރަހައްދުތަކުގައި ހުރި ފޮށިތައް މިވަނީ ބަންދުކުރަން ފަށާފައެވެ. އަދި ކިޔުގައި ތިބި މީހުން ވޯޓްލާ ނިމެންދެން އެ ފަރާތްތަކަށް ފުރުޞަތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ފޮށިތައް ބަންދު ކުރުމަށް ފަހު ބައި ގަޑިއިރުފަހުން ވޯޓް ގުނަން ފަށާއިރު މި އިންތިހާބުގައި 87 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރަންޖެހެއެވެ. އިންތިހާބުގެ ވޯޓްލުން ނިމިގެންދިޔައިރު މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް އީސީން ބުންޏެވެ. އަދި މިއީ އަމާން އޮމާންކަމާއި އެކީ ކުރިއަށްދިޔަ އިންތިހާބެއް ކަމަށް ވެސް އޮބްޒާވަރުންވަނީ ފާހަގަކޮށްފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް