Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 16:32
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ސަރުކާރު ބަންދުކުރުން
އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި
މިއީ ރައްޔިތުންނަށްޓަކައި ނިންމި ނިންމެވުމެއް
މަޖިލިސް އިންތިހާބުގެ ކަންކަމުގައި ސަރުކާރުގެ ގިނަ މުވައްޒަފުން ހަރަކާތްތެރިވޭ

އޭޕްރީލް މަހުގެ 7 ވާ އާދީއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާތީ އާއި މިދުވަސް ބަންދު ކުރެއްވުމަކީ ސަރުކާރުގެ މުވައްޒަފުނަށާއި، އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ވާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިއިރު، އިންތިޚާބު ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން 18:00 އަށް އިތުރުކޮށްފައެވެ. 

އިންތިޚާބުގައި ކެންޑިޑޭޓުންގެ 1663 މަންދޫބުން ހަރަކާތްތެރިވާއިރު، ރާއްޖޭގެ 3624 ފަރާތަކުން ވެސް އޮބްޒާވްކުރާނެ އެވެ. އަދި މީޑިއާތަކުން 2220 މޮނިޓަރުން ހަރަކާތްތެރިވާނެ އެވެ. އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ 4،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް