Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 14:07
މަޖީދިއްޔާ ސްކޫލްގައި ވޯޓުލުން ކުރިއަށްދަނީ
މަޖީދިއްޔާ ސްކޫލްގައި ވޯޓުލުން ކުރިއަށްދަނީ
ރާއްޖެއެމްވީ
މަޖިލިސް އިންތިހާބު 2019
ވޯޓް ފޮށި ބަންދުކުރަން ބާކީ ދެ ގަޑިއިރު، ވޯޓު ލީ މީހުންގެ އަދަދު ލައްކައަކަށް!
ވޯޓްލުން ކުރިއަށްދާނީ ހަވީރު 4:00 އަށް
އިންތިޚާބުގައި 264442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވޭ

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓް ފޮށިތައް ބަންދުކުރަން ދެ ގަޑިއިރަށް ވެފައިވާ އިރު ވޯޓު ލީ މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:00 ގައެވެ. އަދި ވޯޓްލުން ކުރިއަށްދާނީ ހަވީރު 4:00 އަށެވެ.

އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދި އިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ އެގައުމުގެ ގަޑިން ހެނދުނު 9:30 އިން  ހަވީރު 5:30 އަށެވެ.

މިހާތަނަށް ޖުމްލަ 100046 މީހުން ވަނީ ވޯޓްލާފައެވެ. އޭގެ ތެރޭގައި 53544 ފިރިހެނުން ވޯޓްލާފައިވާއިރު 46502 އަންހެނުން ވަނީ ވޯޓް ލާފައެވެ.

މިހާތަނަށް ވޯޓް ނުލާ 62.17 އިންސައްތަ މީހުން އެބަތިއްބެވެ.

މި ފަހަރުގެ އިންތިޚާބުގައި 264442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ. ރިޔާސީ އިންތިހާބާ ހިލާފަށް މެންދުރާ ހަމައަށް ދިޔައިރު ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކަން ފާހަގަކޮށްލެވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް