Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 12:12
ނައިބު، ފައިސަލް މަޖިލިސް އިންތިޚާބުގެ ވޯޓު ލައްވަނީ
ނައިބު، ފައިސަލް މަޖިލިސް އިންތިޚާބުގެ ވޯޓު ލައްވަނީ
މުހައްމަދު ޝަރުހާން
މަޖިލިސް އިންތިހާބު
ނައިބު ރައީސް ފައިސަލް ވޯޓު ލައްވައިފި
ގައުމުގެ މުސްތަގުބަލަށްޓަކައި ވޯޓު ދިނުމަށް އިލްތިމާސް ކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް މަޖިލިސް އިންތިޚާބުގެ ވޯޓު ލައްވައިފިއެވެ.

ނައިބު ރައީސް ފައިސަލް ވޯޓު ދެއްވީ ފުވައްމުލަކު ދެކުނު ދާއިރާއަށްށެވެ.

މަޖީދީމަގުގައި ހުންނަ ބިއްލޫރިޖެހިގެއަށް ވަޑައިގަންނަވާ ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ވޯޓުލުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި އަދާކުރަންޖެހޭ ހައްގެއް ކަަމަށެވެ. ރައްޔިތުން ވީހާ ވެސް އަވަހަށް ނުކުންނަވާ ވޯޓުލުމަށް ވެސް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. 

''އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގައި ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓުލުމުގެ ކަންތައް ވަރަށް ސުލްހަވެރިކަމާއެކު، ވަރަށް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާތަން'' ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ. 

ފައިސަލް ވިދާޅުވީ ރާއްޖޭ ޑިމަކްރަސީގެ ރީތި އުސޫލުން ފެނިގެންދާ ކަމަށާއި، ރައްޔިތުން ދައްކާ ކެތްތެރިކަމާއި ދައްކުވައިދޭ ނަމޫނާއަށް ޝުކުރުވެރިވާ ކަމަށެވެ. 

ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު މުންތާޒު އަދި އަމިއްލަ ގޮތުން ވާދަކުރައްވ އަލީ ފަޒާދުގެ އިތުރުން މުހައްމަދު އަހުމަދު އަބްދުﷲ އެވެ. މިފޮއްޓަށް 569 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް