Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 06:19
ބަޔަކު ވޯޓުަލާން ކިޔުގައި ޖެހިގެން
ބަޔަކު ވޯޓުަލާން ކިޔުގައި ޖެހިގެން
ރާއްޖެއެމްވީ
މަޖިލީސް އިންތިހާބު 2019
ވޯޓު ފޮށިތައް ކައިރީ މީހުން ކިޔުޖެހެން ފަށައިފި
ވޯޓުލާން ފަށަނީ 08:00 ޖަހާއިރު

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ފޮށިތައް ހުންނަ ސަރަހައްދުގައި މީހުން ކިޔު ޖެހެން ފަށައިފިއެވެ. 

އެގޮތުން މާލޭގެ ސަރަހައްދުގައި ބަހައްޓާ ވޯޓު ފޮށިތައް ކައިރީ އަށް ވޯޓުލާން މީހުން ދަނީ ޖަމާވަމުންނެވެ. އަދި ވޯޓު ފޮށިތައް އެކި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް އިލެކްޝަން އިން ދަނީ މިހާރު ކުރަމުންނެވެ. 

 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ، މިއަދު ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ. އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދި އިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 9:30 އިން ރޭގަނޑު ހަވީރު 5:30 އަށެވެ.

މި އިންތިހާބުގައި މާލެ ސަރަހައްދުގައި ޖުމްލަ 144 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މުޅި ޖުމްލަ ކޮށް މި ފަހަރުގެ އިންތިހާބުގައި 501 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.  

މި ފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ 1663 މަންދޫބުން ހަރަކާތްތެރިވާއިރު، ރާއްޖޭގެ 3624 ފަރާތަކުން ވެސް އޮބްޒާވްކުރާނެ އެވެ. އަދި މީޑިއާތަކުން 2220 މޮނިޓަރުން ހަރަކާތްތެރިވާނެ އެވެ. އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ 4،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް