Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 07:35
އެކްސިޑެންޓް ހިނގާފައި
އެކްސިޑެންޓް ހިނގާފައި
މުހައްމަދު ޝަރުހާން
ވަޅިން ނުރައްކާތެރި އަމަލެއް ހިންގުން
ވަޅި ހިފައިގެން ނުރައްކާތެރި އަމަލެއް ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ، 22 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއް
ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން  10 ދުވަސް ޖަހާފައިވޭ

ހެލްމެޓް އަޅައިގެން ތިބި ދެމީހަކު ވަޅި ހިފައިގެން ނުރައްކާތެރި އަމަލެއް ހިންގަން އުޅެނިކޮން ފުލުހުން ހައްޔަރު ކޮށްފިއެވެ

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ  22:44 ހާއިރު ހެޕީމާކެޓް ކައިރީގައި ހެލްމެޓް އަޅައިގެން ބަޔަކު ވަޅި ހިފައިގެން ތިބިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، ގްރީން ބިލްޑިންގު ކައިރީ ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ސައިކަލެއްގައި ދާން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެވަގުތު އެކްސިޑެންޓުވި މީހާ ހައްޔަރު ކޮށްފައިވާއިރު ދެން ހުރި މީހާ ހައްޔަރުކުރީ ފިލައިގެން ދަނިކޮށް އައިޖީއެމްއެޗް ކެންޓީން ކައިރިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ، 22 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއް ކަމަށާއި ދެ މީހުން ދުއްވި ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވާޢިރު އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން  10 ދުވަސް ޖަހާފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފަހަކަށް އައިސް މިފަދަ ނުރައްކާތެރި އަމަލުތައް ހިނގުން އާންމުވެފައި ވާއިރު ހުސްވި މާރޗް މަހުގެ 25 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި 17 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާ ދީ ޒަހަމް ކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ފުލުހުން ބުނެފައިވާއިރު މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ދެ ފިރިހެނުންނެވެ.

މީގެ އިތުރުން ވެސް މާރޗް މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 5:51 ހާއިރު ފުވައްމުލަކު ސިޓީގެ ޒުވާނަކަށް ވަޅިން ހަމަލާ ދީ ޒަހަމް ކޮށްލާފައި ވެއެވެ.

އަދި ތިން ބިދޭސީއަކަށް ވަޅިން ހަމަލާ ދީ 6000 އަށްވުރެން ގިނަ ފައިސާ އާއި ތިން ފޯނު ފޭރިގެންފައި ވަނީވެސް ހުސްވި މާރޗް މަހުގެ ތޭރެގައި ކަން ފާހަގަ ކޮށްލއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް