Advertisement
ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 22:29
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ މަޖިލިސް 2019
މަޖިލިސް އިންތިހާބު ހާމަކަން ބޮޑުވެ، އިންސާފުވެރި ވާނެ: އީސީ
އިންތިޚާބު އޮބްޒާވްކުުރުމަށް ބޭރުގެ އެކި ގައުމުތަކުގެ 31 އޮބްޒާވަރުން ހަރަކާތްތެރިވާނެ

ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަރަށް ހާމަކަން ބޮޑު އަދި އިންސާފުވެރި ވެގެން ދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި އެއްގޮތަށް މި ފަހަރުގެ އިންތިޚާބަކީ ވެސް ދެފުށް ފެންނަ ވަރަށް ހާމަކަން ބޮޑު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރައްވާފައިވާ ކަމަށެެވެ. އެކަން ކަށަވަރުކުރުމަށްޓަކައި ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެ ކަމަށާއި، ކުރެވުނު މަސައްކަތާއެކު މި އިންތިޚާބު ވެގެން ދާނީ ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރާ ވަރަށް މިނިވަން އިންތިޚާބަކަށްކަމަށެވެ.

ރިޔާސީ އިންތިޚާބާއި ޚިލާފަށް މަޖިލިސް އިންތިޚާބު ފެނިގެންދަނީ މިހާތަނަށް ވެސް ޕާޓީތަކުންނާއި ކެނޑިޑޭޓުންގެ ފަރާތުންވެސް ވަރަށް ޝަކުވާ މަދު އިންތިޚާބެެއްގެ ގޮތުގައެވެ.

މި ފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ 1663 މަންދޫބުން ހަރަކާތްތެރިވާއިރު، ރާއްޖޭގެ 3624 ފަރާތަކުން ވެސް އޮބްޒާވްކުރާނެ އެވެ. އަދި މީޑިއާތަކުން 2220 މޮނިޓަރުން ހަރަކާތްތެރިވާނެ އެވެ. 

އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ 4،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް