Advertisement
ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 22:37
ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ފޮޓޯއެއް
ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ފޮޓޯއެއް
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް 2019
މަޖިލިސް އިންތިޚާބު: ތުރުތުރު އަޅާ ބަލި ހުންނަ މީހުން ވޯޓް ލާއިރު އެހީތެރިއެއް ބޭނުންކުރަން އީސީން އިލްތިމާސްކޮށްފި
އިންތިހާބާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ސަމާލުވުމަށް ކޮމިޝަނުން ވަރަށް ބޮޑަށް އެދޭ
އެއްވެސް އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ވާނަމަ ވޯޓު ބާތިލްވާނެ

ތުރުތުރު އަޅާ ބަލި ހުންނަ މީހުން ވޯޓު ލާއިރު އެހީތެރިއެއް ބޭނުންކުރަން އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އިންތިހާބާއި ގުޅުންހުރި ސުވާލުތަކަށް ޖަވާބުދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާހުގައި، ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ އެނޫންވެސް އެއްވެސް ނިޝާނެއް ޖަހާފައި އިންކަމުގައިވާނަމަ އެ ވޯޓު ބެލެވޭނީ ބާތިލް ވޯޓެއްގެ ގޮތުގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ ތުރުތުރު އަޅާމީހަކު ނުވަތަ އެފަދަ ހާލަތެއްގައި އުޅޭ ބޭފުޅަކު ވޯޓު ލުމަށް އެހެން ފަރާތެއްގެ އެހީ ނުވަތަ އިލެކްޝަންސްގެ އޮފިޝަލެއްގެ އެހީގައި ހޯދުން މުހިންމު ކަމަަށެވެ.

" އެފަދަ ހާލަތެއްގެ ބޭފުޅަކު ވަޑައިގެންފިއްޔާމުން އަޅުގަނޑުމެންގެ އިލްތިމާސަކީ އެހާ ބޮޑަށް ފާހަގަ ލާއިރު ތުރުތުރު އަޅާކަމުގައި ވާނަމަ އެހީތެރިއެއްގެ އެހީގައި ވޯޓުލުމަށް އަޅުގަނޑު އިލްތިމާސްކުރަނީ. ސަބަބަކީ އުމުރުން ދުވަސްވީ ބައެއް ފަރާތްތައް އެބަތިބި، ހަމަ އަޅުގަނަޑަށް ވެސް ތަޖުރިބާކުރެވިފައި އެބަތިބި ތުރުތުރު އެޅުމުގެ ސަބަބުން ފުރަތަމަ ގަލަން ޖައްސާފައި އަނެއްކާވެސް ގަލަން ދޫކުރެވިފަ ގަލަން ޖަހާފައި ހުރޭ، އެހެން ވެއްޖެ ކަމުގައި ވާނަމަ މިފަހަރު ގާނޫނުގައި އެހެން އޮތުމުގެ ސަބަބުން އެ ވޯޓަކީ ބާތިލް ވޯޓެއްގެ ގޮތުގައި ބެލެވޭނެ." ޝަރީފް ވިދާޅުވިއެވެ.

 

މި ފަހަރުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު، 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް