Advertisement
ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 18:07
ކަރާ ދަނޑަކަށް ފެންދެނީ
ކަރާ ދަނޑަކަށް ފެންދެނީ
އަޝްވާ ފަހީމް
ދަނޑުވެރިކަން
ދަނޑުވެރިކަމުގެ ސަރވޭ 11 ރަށެއްގައި މިމަހުގެ ތެރޭގައި ފަށާނެ: ޕްލޭނިން މިނިސްޓްރީ
މިއީ ދަނޑުވެރިންގެ ހާލަތު ދެނެގަތުމަށް ކުރާ ސަރވޭއެއް
ދަނޑުވެރިކަން ކުރިއެރުވޭނެ ކަންތައްތައްދެނެގަތުން

ދަނޑުވެރިކަމުގެ ސަރވޭ 11 ރަށެއްގައި މިމަހުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ދަނޑުވެރިކަމުގެ ސާރވޭއަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސް އެންޑް އެގްރިކަލްޗަރއާއި ގުޅިގެން މިއަހަރުތެރޭގައި ކުރުމަށް ރޭވިފައިވާ ސަރވޭއެކެވެ. އަދި މިސަރވޭގެ ފީލްޑް މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.

11 ރަށެއްގައި މިސަރވޭ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިސަރވޭގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާ މައުލޫމާތު ހަރުދަނާކުރުމާއި، ދަނޑުވެރިކަމުގެ ޕޮލިސީތައް ހެދުމުގައި ހަރުދަނާ ތަފާސްހިސާބުގެ ނިޒާމެއް ބޭނުންކުރުމެވެ. އަދި ދަނޑުވެރިންގެ ހާލަތު ދެނެގަނެ، ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއެރުވޭނެ ކަންތައްތައްދެނެގަތުން ކަމަށް މިނިސްޓްރީން ބުންޏެވެ. 

ޕްލޭނިން މިނިސްޓްރީން ބުނީ މިސަރވޭއިން އެއްކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގައި ދަނޑުވެރިކަންކުރާ މައިގަނޑު ގޮތްތަށް، ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެބާވަތްތައް ހައްދާ ގޮތާއި ވިއްކާ ގޮތް ހިމެނެއެވެ. އަދި ދަނޑުވެރިކަމުން ދިވެހިރާއްޖެއަށާއި ދަނޑުވެރިންނަށް ލިބޭ އާމްދަނީ އާއި ހަރަދު ދެނެގަތުމާއި ދިވެހިރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ހޯދާ ބެލުމާއި މައިގަނޑު ގޮތެއްގައި ދަނޑުވެރިކަން ކުރާ ރަށްތަކުގެ މައުލޫމާތުތައް ނެގުމެވެ.

އެގޮތުން މިސަރވޭގެ މަސައްކަތް ޏ.ފުވައްމުލަކުގައި މި އޭޕްރީލްމަހުގެ 8 އިން ފެށިގެން 19 އަށް ކުރިއަށް ގެންދާނެވެ. އަދި އޭޕްރީލް މަހުގެ 12 އިން 17 އަށް ސ.މީދޫ އާއި ހއ.ކެލާ ގައި ކުރިޔަށް ގެންދެވޭނެއެވެ. މިމަސައްކަތް އއ.ތޮއްޑޫ އަދި ގދ.ގައްދޫގައި ރޭވިފައިވަނީ އޭޕްރިލް މަހުގެ 20އިން 25އަށެވެ. އަދި ލ.ގަމު އަދި ލ.ފޮނަދޫގައި ކުރިޔަށް ގެންދިއުމަށް ރޭވިފައިވަނީ 20 އޭޕްރީލް އިން 28 އޭޕްރީލްއަށެވެ.

މީގެ އިތުރުން މިސަރވޭ ކ.ކާށިދޫ، ފ.މަގޫދޫ އަދި އދ.މާމިގިލީގައި ކުރެވޭނީ 29 އޭޕްރިލް އިން 4 މޭ އަށެވެ. އަދި ޅ. ނައިފަރުގައި 26 އޭޕްރިލް އިން 4 މޭގެ ނިޔަލަށް ކުރިޔަށް ގެންދެވޭނެއެވެ.

މިސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ ތަމްރީނު ކުރެވިފައިވާ އެނިއުމަރޭޓަރުންގެ ޓީމްތަކެއް ރަށްރަށަށް ފޮނުވައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް