Advertisement
ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 17:50
ނިމުނު ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތަރައްޔާރީތައް ކުރިއަށްގެންދަނީ
ނިމުނު ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތަރައްޔާރީތައް ކުރިއަށްގެންދަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުުމަށް އެކަށީގެންވާ ވަރަށް އިންތިޒާމްތައް ހަމަޖައްސާފައިވޭ: އެޗްއާރުސީއެމް
މިނިވަންކަމާއެކު ވޯޓުލުމަށް ހުރަސްއެޅޭ ފަދަ ކަންކަން ފާހަަގަކުރެވިފައިވޭ: އެޗްއާރުސީއެމް

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކާ ކަމާގުޅޭ އެންމެހާ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރެވި އެކަށީގެންވާވަރަށް އިންތިޒާމުތައް ހަމަޖައްސާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ. 

ހޮނިހިރު ދުވަހު (މާދަމާ) ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިހާބާއި ގުޅިގެން އެޗްއާރުސީއެމުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތާއެކު އާންމުކުރި ބަޔާނެއްގައި އެ ކޮމިޝަނުން ބުނީ، އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރުމަށް ނިންމާފައިވާއިރު، އިންތިޚާބު އޮންނަ ދުވަހުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، އިންތިޚާބު ބާއްވާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާއި، އިންތިޚާބުގެ ފަހުން ހިނގާ ކަންކަން އޮބްޒާވްކުރުން ހިމެނޭ ކަމަށެވެ. އަދި އިންތިޚާބުގެ ކުރީގެ މަރުހަލާ މޮނިޓަރކުރުމުގައި އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން މީޑީއާގެ އެކި ވަޞީލަތްތައް މޮނިޓަރކޮށް، ފާހަގަވާ ކަންކަމާއި، ކަމާގުޅުން ހުރި އެކި ފަރާތްތަކާ އެކު ބާއްވާފައިވާ ބައްދަލުވުންތަކުން ފާހަގަވެފައިވާ ކަންކަމާއި، އިންތިޚާބާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ކަންކަމަށް އަލިއަޅުވާލައި، ހާލަތު ދެނެގަތުމުގެ ގޮތުން ކޮންމެ ހަފްތާއަކު ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. 

އޭގެއިތުރުން އެ ރިޕޯޓުގައި ފާހަގަވާ މައްސަލަތައް ހައްލު ކުރުމަށް ކަމާބެހޭފަރާތްތަކާ މަޝްވަރާކޮށް، ކަންކަން ހައްލު ކުރުމަށް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިންތިޚާބާ ގުޅުން ހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށް، ކޮމިޝަނުގެ ހުރި ކަންބޮޑުވުންތައް ކަމާގުޅުން ހުރި އިދާރާތަކާ ވާނީ ހިއްސާކުރެވިފައިކަމަށް ކޮމިޝަނުން ބުންޏެވެ. 

އޭގެއިތުރުން ވޯޓުލުމުގެ ޙައްޤާއި އިންތިޚާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ވެސް ގިނަގުނަ މަސައްކަތްތަކެއް ކޮމިޝަނުން ދަނީ ކުރަމުން ކަމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް ގާއިމްވެފައިވޭތޯ ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮމިޝަނުގެ ޓީމުތަކުން ޒިޔާރަތްކޮށް، ހާލަތު ވަނީ ދެނެގަނެވިފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިހާތަނަށް ކޮމިޝަނުން ކުރި މަސައްކަތްތަކުން ފާހަގަކުރެވުނުގޮތުގައި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކާ ކަމާގުޅޭ އެންމެހާ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރެވި އެކަށީގެންވާވަރަށް އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ކޮމިޝަނުން ބުނީ އެކަށީގެންވާ އިންތިޒާމްތަކެއް ހަމަޖެހިފައިވީނަމަވެސް މިނިވަންކަމާއެކު އެމީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤަށް ހުރަސްއެޅޭފަދަ ގޮތަކަށް ނާޖާއިޒު ނުފޫޒު ފޯރާފަދަ ކަންތައްތައް މަދުން ނަމަވެސް ހިނގާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މުޅި ރާއްޖޭގައި ބޭއްވޭ މިމުހިންމު އިންތިޚާބަކީ އެންމެހާ ނުފޫޒުތަކުން މިނިވަންވެ ތިބެ އެމީހަކު އިޚުތިޔާރުކުރާ ކެނޑިޑޭޓަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރިހަމަ އިޚުތިޔާރުލިބިފައިވާ އިންތިޚާބަކަށް ހެދުމަށާއި، ގައުމީ މަސްލަހަތު އިސްކޮށް އަމާން އޮމާން ވެއްޓެއްގައި ބޭއްވޭ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މިއިންތިޚާބު ހެދުމަށް އިތުރަށް މަސައްކަތްކުރުމަށް ކަމާގުޅޭ އެންމެހާ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް