Advertisement
ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 02:35
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި
އެމްޑީޕީ
މިނިސްޓަރު މާރިޔާ
ޔާމީންގެ ސަރުކާރުން ވައުދުތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އަނިޔާވެރިވުން ފިޔަވައި އިތުރުކަމެއް ނުކުރައްވާ: މިނިސްޓަރު މާރިޔާ
ސުލްހަވެރި ސިޔާސީ ހަރަކާތް ނިޒާމު ހަލާކުކޮށްލީ ޔާމީންގެ ވެރިކަމުގައި
އިދިކޮޅު ކެންޑިޑޭޓުން ސަރުކާރު ހިންގުމަށް ދަތިކުރާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވައުދުތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް އަނިޔާވެރިވުން ފިޔަވައި އިތުރުކަމެއް ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކެންޕެއިން ނިންމުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި މިނިސްޓަރު މާރިޔާ ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވައުދުތަކެއް ހިއްޕަވައިގެން ނުކުންނެވި ނަމަވެސް އެސަރުކާރުން ކުރީ ވައްކަން ކަމަށާއި، ރައްޔިތުންނަށް ކުރީ އަނިޔާ ކަމަށެވެ. ޖަލަށް ދިއުމަކީ ވޭން ދެނިވިކަމެއް ކަމަށް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތްކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ކުށެއް ނެތި އެތައް ރައްޔިތަކު ޖަލަށްލާފައިވާ ކަމަށެވެ. 

ދޫނިދޫގެ ޖަލުގެ ހާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ އެ ގޮޅިތަކުގެ ހޫނާ ދިލަ ވޭން ޔާމީންއަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެތަނުގައި ފެން ބުއީ ފާހަނާއިން ކަމަށް މިނިސްޓަރު ފާހަގަކުރެވިއެވެ.

''އެކަމަކު އެކަހެރިކޮށްލާފަ އެއަރކޮންޑިޝަންޑް ރޫމެއްގަ ދެތިންދުވަހަށް އިންނަވާފަ ނުކުމެވަޑައިގެން ވިދާޅުވަނީ ދެތިން ދުވަހަށް ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެކޭ. އެކަމަކު އަޅުގަނޑުމެން ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލާފަ އެތައް ރައްޔިތަކަށް އަނިޔާވެރިވި'' މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ނިޒާމު ހަލާކުކޮށްލީވެސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، ކެންޕެއިން ކުރުމުގެ ޒާތުގައި ބައްދަލުވުމެއްވެސް މަގުމަތީގައި ނުބޭއްވޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ މާޒީ އިޔާދަވާން ބޭނުންނުވާ ކަމަށެވެ. މީގެ ކުރިން މަޖިލިސް މެންބަރުން ސަރުކާރު ޖަވާބުދާރީކުރުވައި، ސަރުކާރު ހިންގުމަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް ބުނި ނަމަވެސް ފެނިގެންދިޔައީ ސަރުކާރަށް ދަތިކުރުމުގެ މަސައްކަތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ބަހެއްނެތި ވެރިކަން ވައްޓާލީ ކަމަށާއި، ނަމަވެސް މިފަހަރު ވެސް ނުކުތީ ރާއްޖެ ހަމަ މަގަށް އަޅުވައި ފޮނި ވައުދުތަކާއެކު ކަމަށެވެ.

އެހެންކަމުން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ތިލަފަތަށް ވޯޓު ދެއްވުމަށް މިނިސްޓަރ މާރިޔާ ގޮވާލެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް