Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 22:53
އެންޓިކޮރަޕްޝަން ކޮމިޝަން
އެންޓިކޮރަޕްޝަން ކޮމިޝަން
މުހައްމަދު ޝަރުހާން
އެންޓި ކޮރަޕްޝަން ކޮމިޝަން
އިންތިޚާބާ ގުޅިގެން ރިޝްވަތު ހުށަހަޅަމުންދާކަމުގެ ޝަކުވާ ދަނީ ލިބެމުން: އޭސީސީ
ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރި
ރިޝްވަތު ދޭކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ރިޕޯޓު ކުރުމަށް އެސީސީން އެދޭ

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެކި ފަރާތްތަކަށް ރިޝްވަތު ގޮތުގައި ފައިސާ ހުށަހަޅަމުންދާ ކަމުގެ ޝަކުވާ އެންޓިކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ބުނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 74 ވަނަ ނަންބަރު 111ގެ (ހ)ގެ ދަށުން އެއްވެސް އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތުން އެއްވެސް ފަރުދަކު އެއްވެސް ކަމެއް ނުކުރުމަށް އޭސީސީން އިލްތިމާސްކޮށް މިބަޔާނުގައި ބުނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނުނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތުން އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް އެއްވެސް ފަރާތަކަށް ހުށަހަޅައިފި ނަމަ އެފަދަ ހުށަހެޅުމެއްގެ މައުލޫމާތު ކޮމިޝަނަށް ފޯރުކޮށްދިނުމަކީ އިންތިޚާބުތަކާ ގުޅިގެން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ އެންމެ މުހިންމު ކަންތައް ކަމަށެވެ.

މީގެ އިތުރުން އޭސީސީން ބުނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެންޕޭންކުރަމުންދާ ފަރާތްތަކުން އިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް (ނާޖައިޒު ފައިދާ ހޯދުން ނުވަތަ ހޯދައިދިނުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުން، އަމިއްލަ ފައިދާ ލިބޭ ގޮތަށް ދައުލަތުގެ ތަކެތި ބޭނުން ކުރުން) ހިނގާނުވަތަ ހިނގަންއުޅޭ އަދި ހިނގައިފި ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެފަދަ ކަމެއް ލަސްނުކޮށް މި ކޮމިޝަނަށް ރިޕޯޓުކޮށްދިނުމަށް އެދޭ ކަމަށެވެ.

އޭސީސީން ބުނީ އިންތިޚާބާ ގުޅިގެން ހިނގައިފާނެ ކޮރަޕްޝަން އަމަލަކަށް ފާރަވެރިވުމުގެ ގޮތުންނާއި، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އިންތިޚާބާ ގުޅޭ ރިޝްވަތު މައްސަލަތައް ހުއްޓުވުމާއި އެކަން ކަމަށް ޚާއްސަ ގޮތެއްގައި ފާރަވެރިވެ އެފަދަ އަމަލުތައް ވިޔަ ނުދިނުމުގެ ގޮތުން އެސީސީން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމަށް ވަނީ  އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް