Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 23:01
މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓަރކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓަރކްޗަރ މުހައްމަދު އަސްލަމް
މުހައްމަދު ޝަރުހާން
އެޖެންޑާ19
މާލޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ބޯހިޔާވަހި ކަމަށް ބޭނުންވެފައި: އަސްލަމް
ރާއްޖޭގެ ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި

މާލޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ބޯހިޔާވަހި ކަމަށް ބޭނުންވެފައި ކަމަށް މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓަރކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕެއިން ނިންމުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމަކީ މާލޭގެ ރައްޔިތުންނަށް ދިމާވި އެންމެ ބޮޑު އެއް ދަތިކަން ކަމަށާއި މާލޭގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓް މީހުންނަކީ ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބި މީހުން ކަން ބެލިބެލުމުން ހާމަވާ ކަމަށެވެ.

"އެއީ 17،000 އާއިލާ. އޭގެ ތެރެއިން900 އާއިލާއަކީ އެއްވެސް ވަރަކަށް ބޯހިޔާވަހިކަމަށް ފައިސާ ދެއްކޭނެ ބައެއް ނޫން .2000 އާއިލާ އެބަތިބި ކޮންމެވެސް މިންވަރެއް ބޯހިޔާވަހިކަމަށް ދެއްކޭނެ އާއިލާ5000 އާއިލާއަށް ވެސް ބޯހިޔާ5000 އަދި 10000 ދޭތެރޭ ދެއްކިދާނެ 4000 އާއިލާއަށް ކޮންމެ އަގެއް ދައްކާފައި ވެސް ބޯހިޔާވަހިކަން ދެއްކިދާނެ،" އަސްލަމް ވިދާޅުވިއެވެ

އަސްލަމް ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތި ވެފައިވާ ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީގެ ވިސްނުމަކީ ބިމުގެ ދަތިކަން ހުރި ރަށްރަށް ހިއްކާ އަދި ބިން ހިއްކެން ނެތް ރަށްރަށުގައި ފްލެޓް އެޅުން ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މިންވަރު ހައުސިން މިނިސްޓްރީ އިން ބަލަމުންދާ ކަމަށާއި މެއި މަސް ނިމެންވާއިރަށް ރާއްޖޭގެ ތަރއްގީގެ ޕްލޭން އެކުލަވާލައި ނިންމާލެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުގެ އިންތިޚާބަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށާއި މާޒީއިން އެމްޑީޕީއަށް ދިމާވީ އެ ތަޖުރިބާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެޖޯރިޓީ މަޖިލީހަށް ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެެ. އަދި އެމްޑީޕީ ފިޔަވައި އެއް މިސްރާބަކަށް ދާ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް