Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 19:42
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ރާއްޖެއެމްވީ
މުހައްމަދު އަސްލަމް
މަޖިލީހުގެ އަގުލަބިއްޔަތު ގެއްލިއްޖެ ނަމަ ގިނަ ހާލަތުގައި އެ ސަރުކާރެއް ދެމި ނޯންނާނެ: މިނިސްޓަރު އަސްލަމް
ސަރުކާރަށް ބާރުވެރިކަން ލިބޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން
މިހާރު ވެސް ސަރުކާރަށް ދަނީ ފިއްތުންތައް ކުރިމަތިވަމުން

ރިޔާސީ ނިޒާމުގައި ސަރުކާރަށް ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު ގެއްލިއްޖެ ނަމަ ގައުމު ހިންގަން ވަރަށް ދަތިވާނެ ކަމަށާއި، ގިނަ ހާލަތުގައި އެ ސަރުކާރެއް ދެމި ނޯންނާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޅ. ހިންނަވަރުގައި ބޭއްވި ކެންޕޭން ޖަލްސާގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ވެރިކަން ހިންގަމުންދާއިރުގައި މަޖިލީހެއްގެ މެޖޯރިޓީ ސަރުކާރަށް ނުލިބުމުން މާޒީގަ ކަންހިނގާ ދިޔަ ގޮތް ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ވޯޓުލައިގެން އުފައްދާ ސަރުކާރަކަށް ބާރު ދެނީ ވެސް ރައްޔިތުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ބާރުވެރިކަން ލިބޭނީ ރައްޔިތުން މަޖިލިސްގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

 

"ދިވެހިން އެތަޖުރިބާ ކޮށްފި 2012 ވަނަ އަހަރު އޭރުގައި އޮތް ސަރުކާރު ނިމިދިއުމުގެ ފެށުމަކީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އޭރު ސަރުކާރު ހިންގަން އޮތް ޕާޓީއަށް އަގުލަބިއްޔަތު ގެއްލިގެން ދިއުން. އެއީ ރިޔާސީ ނިޒާމެއްގައި ރައްޔިތުން މަޖިލީހެއްގައި އަގުލަބިއްޔަތު ލިބުނީމަވާ އެއްގޮތް. ދެވަނަ ގޮތަކަށް އޮންނަ ގޮތަކީ މަޖިލީހުގެ އަގުލަބިއްޔަތު ގެއްލިގެން ދިޔާމަ ވެރިމުގައި ތިއްބަވާ ބޭފުޅުން ގަދަބާރުން ވެރިކަމުގައި ތިއްބަވަން މަސައްކަތް ކުރެއްވި،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ 2013 ވަނަ އަހަރު ކޯލިޝަނަކުން އިންތިޚާބުވި ސަރުކާރު ވެސް އަނިޔާވެރިވެގެންދިޔައީ މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުނު ހިސާބުން ކަމަށެވެ.

"އަނިޔާވެރިވާން ފެށުނީ  އެހައި ހިސާބުން. އަމިއްލަ ބޭބެ ޖަލަށްލާން ޖެހުނީ ބޮޑުބޭބެމެން ކިޔާ ކޮއްކޮމެން ޖަލަށްލާން ޖެހުނީ. މުޅި ގައުމުގަ ތިބި ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާންޖެހުނީ.'' މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެސް ކޯލިޝަނަކުން އައި ނަމަވެސް މިސަރުކާރަށް ގިނަ ފިއްތުންތައް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިންނަވަރުގެ ތަރައްގީއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ބަނދަރަށް ދިމާވެފައިވާ މައްސަލަ ސަރުކަރުން ހައްލުކޮށްދޭނެ ކަމަށާއި، ޓީޖެޓީއެއް ގާއިމް ކޮށްދޭނެ ކަމަށެވެ. އަދި އެރަށުގައި ހިއްކާފައިވާ ބޮޑު ބިމެއް ބޭނުން ނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާތީ މިބިމުން ރައްޔިތުންނަށް މަންފާ ލިބޭ ގޮތް ވެސް ހަދާދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް