Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 19:11
ރައީސް އޮފީސް
ރައީސް އޮފީސް
މުހައްމަދު ޝަރުހާން
ރައީސް އޮފީސް
އާދިއްތަ ދުވަސް ސަރުކާރު ބަންދުކުރުމާ މެދު ގޮތެއް ނިންމާނީ ހޮނިހިރު ދުވަހު: ތަރުޖަމާނު
ސަރުކާރު ބަންދުކުރުމާ މެދު ގޮތެއް ނިންމާނީ ހޮނިހިރު ދުވަހު ކަމަށް ވިދާޅުވި

އެޕްރީލް މަހުގެ 7 ވާ އާދީއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހޫދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ އަންނަ އާދިއްތަ ދުވަހު ސަރުކަރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ 6 އެޕްރީލްވާ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށެވެ.

ހޫދު މިހެން ވިދާޅުވެފައި މިވަނީ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އެ ގޮތަށް ނިންމާފައި ވަނީ އިންތިހާބުގެ ކަންކަމުގައި ސަރުކާރު އޮފީސްތަކުގެ ގިނަ މުވައްޒަަފުންތަކެއް ބައިވެރިވާތީ އާއި ސްކޫލްތައް އެކަމަށް ބޭނުންކުރާތީ ކަމަށް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް މައުލޫމާތުތަކުގައި ވެއެވެ.

އަންނަ ހޮނިހިރު ދުވަހަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ކުރިއަށްދާ ދުވަހެވެ. އެ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަ އާއި ރާއްޖޭން ބޭރުގެ ހަތަރު ގައުމެއްގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ވޯޓް ފޮށިތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް