Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 17:30
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު
ޓްވިޓަރ
މަޖިލިސް އިންތިހާބު 2019
ރައްޔިތުންގެ އިހުސާސްތަކާ އެކު މަޖިލީހަށް ވަދެވަޑައިގަންނަވަން ހަސަންޓޭ އަށް ވުރެ ރަނގަޅު ބޭފުޅެއް ނެތް: ރައީސް
ހަސަންޓޭއަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ހުންނެވި ބޭފުޅެއް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ އިހުސާސްތަކާ އެކުގައި ވެދެވަޑައިގަންނަވަން އިނގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހަސަން އަހުމަދު (ހަސަންޓޭ) އަށް ވުރެން ވަކި ރަނގަޅު އެއްވެސް ކެންޑިޑޭޓެއް ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރ. އިނގުރައިދޫގައި ބޭއްވި ހަސަންޓޭގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ އެ ބޭފުޅުން އިސްލާހީ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި އެއް ބޭފުޅަކީ ހަސަންޓޭ ކަމަށް ވިދާޅުވިއެވެ.

"އެކި ގޮތް ގޮތުން ދައްޗާއި އުނދަގުލުގައި ވޭނާއި ބިރުވެރި ކަމުގައި. މީގެ އެތައް އަހަރެއް ކުރިން އަޅުގަނޑުމެން ފެށި މަސައްކަތެއް މިއީ. ފުރަތަމަ ދުވަހުން ފެށިގެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ބޭފުޅެއް ހަސަންޓޭއަކީ،" ރައީސް ވިދާޅުވިއެވެ.

ހަސަންޓޭއަކީ އެތައް ފަހަރަކު ޖަލަށްލެވި އެތަށް އަނިޔާއެއްލިބިފައިވާ ބޭފުޅެއް ކަމަށާއި ނަމަވެސް ޖެހިލުންވެ ވަޑައިނުގެން ޚާއްސަކޮށް މިދިޔަ ހަތް އަހަރު ތެރޭގައި އެންމެ ކުރީ ސަފުގައި ނިކުމެވެޑައިގެން އަޑުއުފުއްލަވައި ހަރަކާތްތަކުގައި ހަސަންޓޭ ބައިވެރިވެ ވަޑައިއިގެންފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

"ތިބޭފުޅުންގެ ދިފާއުގައި އަދި ޕާޓީގެ ދިފާއުގައި ގިނަ ގުނަ މަސައްކަތަތަކެއް ކުރައްވާފައި ހުރި ބޭފުޅެއް. މިއީ އަކީއެއް އޮޅިފައި އޮތް ކެމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ވޭތިވެ ދިޔަ ދުވަސްތަކުގައި ސަރުކާރުން ވަމުންދާ އަނިޔާތަކާއި ސަރުކަރުގެ ކޮރަޕްޝަންތައް ރައްޔިތުންނާ ހަމައަށް ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް އެންމެ ގިނައިން ގެނެސްދެއްވި އެއް ބޭފުޅަކީ ހަސަންޓޭ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް