Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 08:58
ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީ މެދުގައި  ހިމަންދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީ މެދުގައި ހިމަންދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން
އެމްޓީސީސީ
ހިމަންދޫ
ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި
އެމްޓީސީސީއަށް އެ ޕްރޮޖެކްޓް ދީފައިވަނީ 43 މިލިއަން ރުފިޔާއަށް

އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފައްޓަވައި ދެއްވީ މިިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއެވެ. 

އަސްލަމްގެ ވާހަކަފުޅުގައި މަސައްކަތް ކުރިއަށްގެންދިއުމުގައި މަސައްކަތުގެ ފެންވަރު ބަލާނެ ކަމަށާއި ކޮންޓްރެކްޓަރެއްގެ ގޮތުގައި އައްޔަން ކޮށްފައިވަނީ އެކަމަށް އެންމެ އެކަށީގެންވާ ކުންފުނި ކަަމަށްވާ އެމްޓީސީސީއާއި އެކު ކަމަށް ވިދާޅުވިއެވެ. އަދި އެމްޓީސީސީއާއި އެމަސައްކަތް ހަވާލުކުރި ކަމުގައި ވިއަސް ޕްލޭނިން މިނިސްޓްރީން  އެމަސައްކަތް ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ކައުންސިލަރުން އެކަމުގައި ޝާމިލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

"ޕްރޮޖެކްޓުގެ ބަދަލަށް ގެނައި ބަދަލާއި އެކީ އެމްޓީސީސީއާއި އެކީ ސޮއިކުރީ ތިބޭފުޅުން ބޭނުންވާ ގޮތަށް ކަން ޔަގީން. ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް އަޅުގަނޑު ކައިރިން ބަލާނަން. ކޮންޓްރެކްޓެއްގައި ސޮއިކުރުމަކުންނެއް މަސައްކަތް ނުފެށޭނެކަން އެނގޭ. " އަސްލަމް ވިދާޅުވިއެވެ. 

350 ދުވަހުގެ މުއްދަތައް އެމްޓީސީސީއަށް އެ ޕްރޮޖެކްޓް ދީފައިވަނީ 43 މިލިއަން ރުފިޔާއަށެވެ. އެމްޓީސީސީއާއިއެކު ކޮށްފައިވާ ކޮންޓެރެކްޓުގެ ދަށުން 497 މީޓަރުގެ ބޭރު ތޮއްޓެއް ޖެހުމާއި، 372 މީޓަރުގެ އެއްގަމު ތޮއްޓެއް ޖެހުމާއި، ބަނދަރު ސަރަހައްދުގައި ލައިޓާއި ރޭމްޕް ޖެހުމަށް ހަވާލު ކޮށްފައިވާއިރު، ބަނދަރު ފުންކުރުމާއި، ނެރުބައްތި ޖެހުންހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް