Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 07:28
މައްޗަންގޮޅީގެ ތިން ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން: ނަޝީދު ގެންދަވަނީ ޔާމީނަށް ބަހުގެ ހަމަލާ ގެންދަވަމުން
މައްޗަންގޮޅީގެ ތިން ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން: ނަޝީދު ގެންދަވަނީ ޔާމީނަށް ބަހުގެ ހަމަލާ ގެންދަވަމުން
އެމްޑީޕީ
ރައީސް ނަޝީދު
ޔާމީން މަޑުން ހުންނެވުމަށް ނަޝީދު ޖެއްސެވި މިސާލަކީ މިއުޒިކަލް ޗެއާސް!
ގަޓު ހެއްދެވިގެން އުޅުއްވީ ރައްޔިތުންނަށް ބިރު ދައްކަން ކަމަށް ވިދާޅުވި
އިކޮނަމިސްޓެކޭ ވިދާޅުވެ ގެންގުޅުއްވީ ހިޔާލީފޮލާ ކަމަށް ވިދާޅުވި

ބޮޑު އަގުލަބިއްޔަތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށާއި އެމަނިކުފާނު ދެން މަޑުން ހުންނެވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

މައްޗަންގޮޅީގެ ދާއިރާތަކަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އިކޮނޮމިސްޓަކަށް ހެދިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ރައްޔިތުން އަޑު ނަހާ ކަމަށާއި އެކަން އެނގެނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބު ވެވަޑައިގެންނެވުމުން ކަމަށެވެ.

މައްޗަންގޮޅީ ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ނަޝީދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ޔާމީނަށް ރައްދު ކުރައްވައި، މަޖާޒީ ބަސްތަކުން ފާޑުވިދާޅުވެފައެވެ. އެގޮތުން ތާއިދު ގެއްލުމުން މަޑުން ހުންނެވުމަށް ވިދާޅުވެ، މިސާލެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ކުޅިވަރެއްގެ ގޮތުގައި ކުޅޭ "މިއުޒިކަލް ޗެއާސް"ގެ ވާހަކައެވެ.

"... މިވަރު ވީމާ ދެން ރައީސް ޔާމީނަށް ދެން މަޑުމަޑުން ހުންނަވާ. އަޅުގަނޑުމެން މަދުރަސާގައި އުޅޭއިރު ކުޅެމެންނުންތޯ މިއުޒިކަލް ޗެއާސް. ރައީސް ޔާމީން އަޑު އައްސަވައްޗޭ. އޭގައި ވާންޖެހޭ ގޮތަކީ މިއުޒިކް ހުއްޓާލީމަ އިށީންނަން ޖެހޭނީ. ރައީސް ޔާމީން އިށީންނަވާ," ރައީސް ނަޝީދު ވިދާޅުވިއެވެ.

ޔާމީން ވެރިކަން ކުރެއްވީ "ގަޓު" ހެއްދެވިގެން ކަމަށާއި އެމަނިކުފާނު އުޅުއްވީ ރައްޔިތުންނަށް ބިރު ދެއްކެވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ "ގަޓު" ހެއްދެވިގެން ކުރެއްވި ކަމަކީ އަމިއްލަ ނަފްސަށް އަނިޔާ ކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ޔާމީން ހިންގެވީ މުޅިން އެހެން މަގެއްގައި. ގަޓު ރައީސް ހެދިވަޑައިގަންނަވާ އަތްފުޅާކޮށް ރަށު ތެރެއަށް ނުކުންނަވައި، މުޅި ރަށު ރައްޔިތުން ބިރު ގެންނެވީމަ، ތިމާ ވަރެއް ނެތި އުޅުއްވީމާ، އެއީ ދެން ވަރަށް ގަޓު ބޭފުޅެއްގެ ގޮތުގައި މަންޒަރު ދައްކަވާން އުޅުއްވީ،" ރައީސް ޔާމީނަށް ބަހުގެ ހަމަލާ ރައްދު ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހެއްދެވި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އެއީ "ހިޔާލި ފޮލާ"އެއް ކަމަށެވެ. ރައީސް ޔާމީންގެ ވިސްނުންފުޅަކީ ރާއްޖޭގެ އަތޮޅުތައް އުވާލައި، ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަރަހައްދަށް ގެނެސް، ހިއްކި ބިމަކަށް ޖަމާ ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް