Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 23:04
އަދާލަތު ޓިކެޓުގައި ކެލާ ދާއިރާއަށް ވާދަ ކުރައްވާ ތޫބާ: އޭނާގެ ތާއީދު އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް
އަދާލަތު ޓިކެޓުގައި ކެލާ ދާއިރާއަށް ވާދަ ކުރައްވާ ތޫބާ: އޭނާގެ ތާއީދު އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
ތޫބާގެ ނިންމެވުމަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ
އެމްޑީޕީ އާއި އަދާލަތު ގުޅިގެން ތިން ދާއިރާއަށް ވާދަ ކުރޭ

ކެލާ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް، އެ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ތޫބާ ރަޝީދު ނިންމެވުމުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ތޫބާގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީ އާއި އަދާލަތު ގުޅިގެން، މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.

އަދާލަތާއި އެމްޑީޕީ ގުޅިގެން ވާދަ ކުރަނީ ތިން ދާއިރާއަކަށެވެ. އެގޮތުން އެމްޑީޕީން ނިންމާފައި ވަނީ މަހިބަދޫ ދާއިރާއަށް ވާދަ ކުރައްވާ އަދާލަތު ކެންޑިޑޭޓް އަލީ އާޒިމަށް ތާއިދު ކުރުމަށް ނިންމާފައެވެ. އަދި ނިލަންދޫ ދާއިރާއަށް ވާދަ ކުރައްވާ އަދާލަތުގެ ކެންޑިޑޭޓް މުސްއަބު މުހައްމަދަށް ތާއީދު ކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. އަދި ކެލާ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝަރީފަށް ތާއީދު ކުރެއްވުމަށް އަދާލަތުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް