Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 22:01
އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު
އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު
ރާއްޖެ އެމްވީ
އަދާލަތު ޕާޓީ
ކެލާ ދާއިރާގެ އަދާލަތު ކެންޑިޑޭޓުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް
ތޫބާގެ ނިންމެވުމަށް ދަނީ ޝުކުރު އަދާކުރަމުން

ކެލާ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝަރީފަށް ތާއީދު ކުރެއްވުމަށް، އެ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ތޫބާ ރަޝީދު ނިންމަވައިފިއެވެ.

އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ތޫބާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ސަރުކާރުގެ ދެ ކެންޑިޑޭޓުން ވާދަކޮށްގެން، އެ ދާއިރާގެ ގޮނޑި ސަރުކާރަށް ގެއްލުން ބޭނުން ނުވާތީ، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝަރީފަށް ތާއީދު ކުރައްވާފައިވާ ކަމަށެވެ. ކެލާ ދާއިރާގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އިބްރާހިމް ޝަރީފަށް ވޯޓު ދެއްވުމަށް ތޫބާ ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ދެ ބޭފުޅުން އެކުގައި ވާދަކޮށްފިނަމަ މި ގޮނޑި ސަރުކާރަށް ގެއްލުމުގެ، ނުވަތަ ލިބުމުގެ ފުރުސަތު ހަނިވުމުގެ ފުރުސަތު އޮތް ކަމަށް. އެހެންކަމުން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މި ގޮނޑި ހޯދައިދިނުމަށް އަޅުގަނޑުމެން މި ނިންމީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް. ޔަގީން މި ކޮށްދިނީ ގޮނޑި،" ޔާމީންގެ ވެރިކަމާ ދެކޮޅަށް ކުރި އިހްތިޖާޖުތަކާ ގުޅިގެން އެތައް ފަހަރަކު ޖަލަށްލާފައިވާ ތޫބާ ވިދާޅުވިއެވެ.

ތޫބާގެ ނިންމެވުމާ ގުޅިގެން އިބްރާހިމް ޝަރީފަށް ކެމްޕެއިންގެ ފޯރި ވަނީ ގަދަވެފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ އިސް ފަރާތްތަކުން ގެންދަވަނީ ތޫބާގެ ނިންމުމަށް ތައުރީފު ކުރައްވައި، ޝުކުރު އަދާ ކުރަމުންނެވެ.

ކެލާ ދާއިރާއަށް ވާދަ ކުރައްވަނީ ހަ ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންގެ ތެރޭގައި އެ ދާއިރާގެ މިހާރުގެ ގޮނޑި ފުރުއްވާ އަލީ އާރިފު ވެސް ހިމެނިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް