Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 20:53
މީޑިއާ އެވޯޑް ހަފްލާގައި ނޫސްވެރިން ތަކެއް
މީޑިއާ އެވޯޑް ހަފްލާގައި ނޫސްވެރިން ތަކެއް
ރައީސް އޮފީސް
މީޑީއާ ކައުންސިލް
މީޑިއާ ކައުންސިލްގެ އެވޯޑަށް ކުރިމަތިލާފައިވަނީ 74 ފަރާތަކުން
ޕްރިންޓް އޮންލައިން ކެޓަގަރީން 33 ފަރާތަކުން ވަނީ ކުރިމަތިލާފައި

މޯލްޑިވްސް މިޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް 74 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އެމްއެމްސީ އިން ބުނެފިއެވެ.

 އެމްއެމްސީން އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނޫސްވެރިކަމުގެ އިނާމު ދޭން ހަމަޖެހިފައިވާ ހަތަރު ދާއިރާ އަށް ޖުމްލަ 74 ފަރާތަކުން ހުށައަޅާފައިވާ ކަމަށެވެ.  އެގޮތުން ޕްރިންޓް އޮންލައިން ކެޓަގަރީން 33 ފަރާތަކުން ކުރިމަތިލާފައިވާއިރު ބްރޯޑްކާސްޓިން ކެޓަގަރީން ހަތް ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

 

އެމްއެމްސީން ބުނީ، އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމަށް ފަސް ފަރާތަކުން ކުރިމަތިލާފައިވާއިރު މޯލްޑިވިސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިންގެ ހާއްސަ އިނާމަށް 29 މީހަކު ވަނީ ކުރިމަތިލާފައެވެ.

 ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ އާއި އޮންލައިން މީޑިއާތަކުގެ އަދަދަކީ 108 އެކެވެ. އަދި ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ހިމެނޭ ގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ 37 ފަރާތަކަށް ދީފައިވެއެވެ. އެތަންތަނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ހައްގު، ގާނޫނުން ދީފައި ވަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް