Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 22:34
ފެމެލީ ކޯޓް
ފެމެލީ ކޯޓް
މިހާރު
ފެމެލީ ކޯޓް
ފެމެލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ސަސްޕެންޑުކޮށްފި
ކޯޓު ތެރޭގައި ހައްޖު ގްރޫޕް ހިންގާ މައްސަލަ ބޮޑު
އަޅުގަނޑަށް ކުރަނީ ދޮގު ތުހުމަތެއް: ރަޖިސްޓްރާ

ފެމެލީ ކޯޓުގެ ތެރޭގައި ހައްޖު ގްރޫޕެއްގެ އިދާރީ މަސައްކަތާއި ފައިސާގެ މުއާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތަށް ފެމެލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ ސަސްޕެންޑު ކޮށްފިއެވެ.

ފެމެލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ ސަސްޕެންޑް ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވެސް ދަނީ ބަލަމުންނެވެ. އޭނާގެ ސަސްޕެންޝަންގެ މުއްދަތު މި މަހު ނުވަ ވަނަ ދުވަހު ހަމަވާނެއެވެ.

އަހުމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހެކި ފޮރުވަފާނެ ކަމަށް ބުނެ، ސަސްޕެންޑު ކުރުމަށް ނިންމައި އޭނާއަށް ލިޔުމެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެ ލިޔުމުގައި ކުރި ކުށަކީ ކޮބައިކަން ބުނެފައި ނުވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތަށް ފެމެލީ ކޯޓުގެ ނުވަ މުވައްޒަފެއްގެ ހެކި ބަސް ނަގާފައިވާކަން އެނގިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި މިހާތަނަށް އޭނާގެ ބަހެއް ހޯދާފައި ނުވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

"އިސްލާމީ ޝަރިއްޔާ އާއި ރާއްޖޭގެ ގާނޫނުތަކުގައި ވެސް ބުނަނީ ކުށެއްކޮށްފިއްޔާ ފުރަތަމަ ސުވާލު ކުރާށޭ، ކުށް ކުރި ކަމަށް ބުނާ މީހާއާ. އެކަމަކު މި މައްސަލާގައި ފުރަތަަމަ ސުވާލު ކުރަނީ ހެކިންނާ. ހެކި ހޯދަނީ،" އަހުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާއާމެދު ފިޔަވަޅު އަޅާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ޖުޑީޝަރީގެ މުވައްޒަފުންނާމެދު އަމަލު ކުރާ އުސޫލާ ހިލާފަށް ކަމަށެވެ.

ފެމެލީ ކޯޓު ތެރޭގައި ހައްޖު ގްރޫޕެއްގެ މަސައްކަތް ހިންގާފައިވާނެތޯ "ރާއްޖެއެމްވީ"އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އެ ތުހުމަތު ކުރަނީ ބަޔަކު ޒާތީވެގެން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމެއް ފެމެލީ ކޯޓު ތެރޭގައި ހިންގަނިކޮށް ސީސީޓީވީ ފޫޓެއްޖެއް، އަދި އެހެން ވެސް ހެއްކެއް ނުފެންނާނެ ކަމާށެވެ.

އަހުމަދު ވިދާޅުވީ އޭނާ ހައްޖު ގްރޫޕެއް ހިންގާ ކަމަށާއި އެ ގްރޫޕުގެ ހުރިހާ މަސައްކަތެއް ހިންގަނީ އޭނާގެ އަމިއްލަ ގޭގައި ކަމަށެވެ. ހައްޖުގެ ގްރޫޕުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނުތައް ގޭގައި ހަދާފައިވާ އޮފީހުގައި ގާއިމު ކޮށްފައިވާނެ ކަމަށާއި އެ މަސައްކަތް ފެމެލީ ކޯޓުގެ ތެރޭގައި ހިންގަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފެމެލީ ކޯޓުގެ ތެރޭގައި ހައްޖު ގްރޫޕެއް ހިންގައި، ފައިސާގެ މުއާމަލާތެއް ހިންގާކަމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތި ކުރީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައެވެ. ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ފެމެލީ ކޯޓުގެ ތެރޭގައި ހައްޖު ގްރޫޕު ހިންގަނީ އެ ތަނުގެ އިދާރީ ދެ މުވައްޒަފަކު ގުޅިގެންނެވެ. އެގޮތުން ފެމެލީ ކޯޓުގެ ވަސީލަތްތައް ބޭނުންކޮށްގެން، އެތަނުގެ ތެރޭގައި ހައްޖާއި އުމްރާއަށް މީހުން ފޮނުވުމަށް ދެ ގްރޫޕެއް ހިންގާކަން ވަނީ އެނގިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
3 އޭޕްރިލް 2019 | ބުދަ 17:12
އަހުމަދު
ތީ މާކުރީން ސުރެއްވެސް ކުރަންވެއްޖެ ކަމެއް. ހުރިހާކަމަށްކަށް އަތްބާނާ މީހެއް ތީ. ތިތަނަށް ވަޒީފާއަށްވެސް ވައްދަނީ އޭނަ ބޭނުން މީހަކު މަ ދިޔައިން ތިތަނަށް 2 ފަހަރު . އެދެފަހަރުވެސް ހޮވާފައިހުރީ އޭނަ ގާތް ނިމާލްގެ ކޮއްކޮއަކާއި އޭނާއަށް ބޭބެ ކިޔާ ކުއްޖެއް. ދެން ކީކޭ ބުނާނީ.. ރާއްޖެ ޓީވީއަށް ޝުކުރިއަޔާ ތި ކަންތައް ކިޔައިދިނީމަ
3 އޭޕްރިލް 2019 | ބުދަ 17:10
ސްޕޯޓަރެއް
ރާއްޖެ ޓީވީގެ ހަބަރުތައް ބެލުމަށް އިސްކަން ދެވެނީ މިހެންވެ ވަރަށް ތެދު ހަބަރު ގެނަސްދޭކަން މި އެގެނީ ރާއްޖެ ޓީވީގެ ކޮންމެ ޕްރޮގްރާމެއްގައިވެސް..
3 އޭޕްރިލް 2019 | ބުދަ 16:02
Pindey
Family hajj cooperation