Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 15:54
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
އަބްދުﷲ ޝާހިދު
ޔާމީން އެނބުރި އައުމަށް މަގުފަހިކޮށްފި ބަޔަކަށް މައާފެއް ނެތް: ޝާހިދު
ކުރިޔަށް އަންނަން އޮތް ޖީލުން ދުވަހަކު ވެސް މާފް ނުކުރާނެ ކަމަށް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެނބުރި އައުމަށް މަގުފަހިކޮށްފި ބަޔަކަށް ކުރިޔަށް އަންނަން އޮތް ޖީލުން ދުވަހަކު ވެސް މާފް ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.  

ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ އެނބުރި އައުން ވެގެންދާނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވީ ގުރުބާނީތައް ފުނޑު ފުނޑު ވެގެން ދިޔުން ކަމަށެވެ.

 

އަދި އެކަން އެހެން ވެއްޖެނަމަ ޔާމީން ގެނައުމަށް މަގު ފަހިކޮށްފި ބަޔަކަށް ކުރިޔަށް އަންނަ އޮތް ޖީލު ވެސް މާފް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.  

ޝާހިދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ޔާމިން އާއި އެކު މަސައްކަތް ކުރެއްވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ މަސައްކަތް ކުރަން ނިންމާފައެވެ.

ވެރިކަމުގައި ހުންނަވައިގެން ކޮރަޕްޝަނުގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ބަންދުގައި ބަހައްޓައިގެން ޝަރީޔަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކުރި އަމުރާއި ޖަލުގައި ބަންދުކުރުމަށް ފަހު ގޭބަންދަށް އެމަނިފާނު ގެއަށް ބަދަލު ކޮށްފައިވަނީ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކޮށް ފަނޑިޔާރުންގެ ބެންޗް ބަދަލުކޮށް ޔާމީން ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ  މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް