Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 15:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޑަހުވަދޫގައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޑަހުވަދޫގައި
އެމްޑީޕީ
އެޖެންޑާ 19
ކުޑަހުވަދޫ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށް، ފުރިހަމަ ހިދުމަތްތަކެއް ދޭނަން: ރައީސް
ދާާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވަރު ހިއްސާކުރެއްވި

ކުޑަހުވަދޫ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށް، ފުރިހަމަ ހިދުމަތްތައް ލިބޭ ރަށަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކެމްޕޭނެ ދަތުރުފުޅުގައި ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ވިވައުދުތައް ފުއްދުމަށް ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްތައް ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. 

ކުޑަހުވަދޫގެ ތަރައްޤީގެ ތަރައްޤީގެ ތަސައްވަރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް، ކުޑަހުވަދޫ ތަރައްޤީކުރައްވާނީ އާރބަން ސެންޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ ހުރިހާ ހިދުމަތްތަކެއް ލިބޭ ރަށަކަށް ހައްދަވާނެ ކަމަށާއި، ލިބޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. 

އެ މޭރުމުން ވާހަކަފުޅުު ކުރިއަށްގެންދަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުޑަހުވަދޫ ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްްޤީކޮށް ޒަމާނީ ހިދުމަތްތައް ލިބޭނެގޮތަށް، ހޮސްޕިޓަލް ތަރައްޤީކުރުމަށް މި އަހަރު ބަޖެޓްކޮށްފައިވާ ކަމަށެވެ. އަދި ކުޑަހުވަދޫގައި ސަރަހައްދީ ބަނދަރެއް ތަރައްޤީކުރެވި، ވިޔަފާރީގެ މައި ހަބަކަށް ހައްދަވާނެކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ހިއްކާފައިވާ ބިމުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ބިމުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި، އެޔަށް ފަހު ރަށަށް ބޭނުންވާ ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ކުޑަހުވަދޫ ފުޓު ބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެވިފައިވާ ދަނޑަކަށް ހައްދަވާނެ ކަމަށާއި، ކުޑަހުވަދޫގައި ނުހެދި ހުރި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްގެެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން މާއެނބޫދޫ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށާއި، ޔޫތު ސެންޓަރ ހެދުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާއެނބޫދޫ ސުކޫލްގެ މަލްޓި ޕާޕޯސް ހޯލް އެޅުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް