Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 14:14
ސުނާމީގައި ސަބަބުން ރަށެއްގެ ގެެއެއް މުޅިން ހަލާކުވެފައި
ސުނާމީގައި ސަބަބުން ރަށެއްގެ ގެެއެއް މުޅިން ހަލާކުވެފައި
މުހައްމަދު ޝަރުހާން
ސުނާމީ ލޯނު
ސުނާމީއާ ގުޅިގެން އާއްމު ފަރުދުންނަށް ދޫކުރި ލޯނުތައް ސަރުކާރުން ދައްކާ ހަލާސް ކޮށްފި
ސަރުކާރުން 15.2 މިލިއަން ރުފިޔާ ލޯނު ދައްކާފައިވާ ކަމަށް ސަރުކާރުން ބުނި

ސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަނަށް ސަރުކާރާއި ބީއެމްއެލް އިން ދޫކުރި ލޯނުތައް ސަރުކާރާއި ބީއެމްއެލް ވެގެން ދައްކާ ހަލާސް ކޮށްފިއެވެ. 

ރައީސް އޮފީހުން ބުނީ، ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކާ ހުރި 30.4 މިލިއަން ރުފިޔާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ނިންމެވުމުގެ މަތީން، ސަރުކާރުން ބުދަ ދުވަހު 15.2 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

 މި ލޯނުތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާގެ %50 (ފަންސާސް އިންސައްތަ) ސަރުކާރުން ދެއްކުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ނުދައްކާ ބާކީ ހުރި 15.2 މިލިއަން ރުފިޔާ މައާފްކޮށްދީފައެވެ. މިއާއެކު މި ލޯނުތައް މިވަނީ ޚަލާސްކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި މިގޮތަށް ނިންމަވާފައިވަނީ މި ލޯނުތައް ދޫކޮށްފައިވާ ފަރުދުން ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމާއި، ލޯނު ނުދައްކާ ގިނަ ދުވަސްތަކެއް ވަމުންދާތީ މިކަމުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށްފަހުގައެވެ.

ސުނާމީ ކާރިސާ އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނެތްކަމުގައި ރައީސް އޮފީހުން މައުލޫމާތުދެއެވެ.
 

އެއާއި އެކު ސުނާމީ ކާރިސާ އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ބޭންކަށް ފައިސާ ނުދަައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނޯއްނާނެ ކަމަށް ބަޔާނުގައިވެއެވެ. 

ސުނާމީ ހާދިސާގައި ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް ދޫކުރި ލޯނުތައް މައާފުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެފައެވެ. 

މީގެ 15 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހި އެރި ސުނާމީގައި ޖުމްލަ 84 މީހުން މަރުވެ 24 މީހަކު ވަނީ ގެއްލިފައެވެ. އަދި 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ އަބާދީގެ 62 އިންސަތަ މީހުންނަން މި ހިތްދަތި ކާރިސާގައި އެކި ކަހަލަ ގެއްލުންތަކާއި ކުރިމަތިވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް