Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 07:52
އެމްޑީޕީގެ ކުރީގެ ޗެއާ
އެމްޑީޕީގެ ކުރީގެ ޗެއާ
ސޯޝަލް މީޑިއާ
އެމްޑީޕީ އެޖެންޑާ 19
ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
އެމްޑީޕީއަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި

ކަނޑުފޭރޭ ބަޔަކު ޖުމްހޫރީ ޕާޓީ ފޭރިގެންފި ކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އަލީ ވަހީދުގެ ފާޑުކިއުން ޖުމްހޫރީ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ޕީއެންސީ ކޯލިޝަނާ އެކު މަސައްކަތް ކުރަން ނިންމެވުުމާ އެކު، އަލީ ވަހީދާއި ޖޭޕީގެ އެހެން ބައެއް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ވަނީ އެމްޑީޕީގެ އެޖެންޑާ 19 އަށް ތާއީދުކޮށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކެމްޕެއިން ދަތުރުތަކުގައި ބައިވެރިވާން ފައްޓަވައިފައެވެ.

އަންގާރަ ދުވަހުގެރޭ ތުޅާދޫގައި ބޭއްވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ ޖޭޕީ، ހަމަޔާއި އުސޫލުން ނެއްޓިފައިވާ ކަމަށާއި، ކަން އޮތް ގޮތް ވިދާޅުވެގެން ޕާޓީން ވަކި ކުރިޔަސް ހެޔޮ ކަމަށާއި ގެއްލޭނެ އެއްޗެއް ވެސް ނެތް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އަލީ ވަހީދު އެމްޑީޕީއަށް ތައުރީފްކުރައްވާ ވިދާޅުވީ، 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުން ލޯ ހުޅުވައިދިނީ ރައީސް ނަޝީދާ އެކު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. އަދި ސަލާންޖަަހަން ނުޖެހި، އަސާސީ ހައްގުތައް ރައްޔިތުންނަށް ލިބެންޖެހޭކަން ވެސް އެނގިގެން ދިޔައީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިހާރު ކުނޫޒުގައި ވެސް އެންމެ ގިނައިން އުޅުއްވަނީ އަބުދުއްރަހީމް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ތެރެއަށް ކަނޑުފޭރޭ މީހުން އަރައިފި ކަަަމަށެވެ.

"ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީގައި ވެސް ވިދާޅުވޭ އަޅުގަނޑުމެންނަކީ އަސްލު ޖޭޕީގެ މީހުންނެއް ނޫނޭ. ފަހަރުގައި ވެދާނެ މަހުންމަހަށް މުސާރަ ނުނަގާތީ އަސްލު ޖޭޕީގެ މީހުންނަށް ނުވަނީ ކަމަށް. އަސްލު ޖޭޕީއެެއް، އަސްލު އެމްޑީޕީއެއް، އަސްލު އަދާލަތެއް ނޫން. އަސްލު އެބަޖެހޭ ކޮންމެވެސް އުސޫލެއް ހިފަހައްޓާ ބަޔަކު ކޮންމެ ޕާޓީއެއްގައި ވެސް ހިފަހައްޓަން. އަޅުގަނޑުމެން މި ދަތުރު ނިންމާފައިދާއިރު ނޭނގެ ޕާޓީން ކަނޑާ ނުލާނެ ކަމެއް ވެސް، ހެއު މައްސަލައެއް ނޫން އެއީކީ. ކޯއްޗެއްތޯ ގެއްލެން އޮތީ ކޯއްޗެއްތޯ ލިބެން އޮތީ އުސޫލެއް ނެތިއްޔާމުން،" އަލީ ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެޖެންޑާ 19 އަށް ތާއީދުކޮށް ކުރިއަށް އޮތް ދެ ދުވަހު އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އެކި ރައްތަކަށް އަލީ ވަހީދާއި ޖޭޕީގެ ބައެއް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ޖެނުއަރީ 2020 | ހޯމަ 19:14
ޙުސާމް
ޢަލީ އަކީ އުސޫލު ހިފެހެއްޓުމުގައި ނަމޫނާ. ޢެންމެވެސް ދެކޭނެ ބޫމް ބޫމް ލެއްވިއިރު. ދުވަސްކޮޅަކުން ފެނުނީ އަނެއްކޮޅުގައި ހުއްޓާ. ފާއިސާއަކީ ހާދަހާ ބާރުގަދަ އެއްޗެ ދޯ އަލީ.