Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 03:00
ސައިކަލު ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން ދުއްވަނީ
ސައިކަލު ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން ދުއްވަނީ
މުހައްމަދު ޝަރުހާން
ރޯޑް ސޭފްޓީ
ސައިކަލު ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވި މައްސަލައެއް ހޫނުވެއްޖެ
މާލެގައި ޓްރެފިކް ގާވާއިދާ ޚިލާފުވުން ވަނީ އާންމުވެފައި

ސައިކަލެއްގެ ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން މާލެ ސިޓީ، ރިންގްރޯޑުގައި ސައިލެއް ދުއްވި ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯގައި ފެންނަނީ ހުދުކުލައިގެ ވޭވް ސައިކަލެއްގެ ވަށިގަނޑަށް  ކުޑަ ކުއްޖަކު ލައިގެން ފިރިހެނަކު ސައިކަލް ދުއްވާ މަންޒަރެވެ. ތާރުއަޅައިގެން ހަދާފައިވާ މަގުގެ ބަންޕަރު މަތިން ސައިކަލު ދުއްވާފައިދާއިރު، ވަށިގަނޑަށްލާފައިވާ ކުއްޖާ ސައިކަލުން ނުވެއްޓި އިނީ ކިރިޔާއެވެ.

ގިނަ ބަޔަކު މި ވީޑިއޯ ޝެއާކޮށް ނުރުހުން ފާޅުކުރަމުންދާއިރު، ސައިކަލް ދުއްވަން އިން މީހާ ހޯދައި ހައްޔަރު ކުރުމަށް މީހުން ދަނީ ގޮވާލަމުންނެވެ.

ރިންގް ރޯޑުން ސިނަމާލެ ބުރިޖާއި ވީ ކޮޅަށް ކުޑަކުއްޖާ ވަށިގަނޑަށް ލައިގެން ދުއްވި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިކަމެއް އަދި ސާފެއް ނުވެއެވެ.  

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ބުނާ ގޮތުން އަމިއްލަ އަށް ސައިކަލްގައި ނީނދެވޭވަރުގެ ކުޑަ ކުދިން އަރުވައިގެން ސައިކަލް ދުއްވަން ޖެހޭނީ ބެލްޓެއް އަޅައިގެންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ ބޮޑު މީހަކު ފަހަތުގައި އިނދެ، 10 ވަރަކަށް އަހަރުގެ ކުޑަކުއްޖަކު ސިނަމާލެ ބްރިޖް މަތީގައި ސައިކަލް ދުއްވާފައެވެ.

މާލޭގައި ވެހިކަލް ދުއްވުމުގައި ޓްރެފިކް ގާވާއިދުތަކާއި ޚިލާފްވުން އާންމުވެފައިވައިރު، އެކްސިޑެންޓްތައް ހިނގުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ފުރާނައަށް ނުރައްކާވެފައިވާ އެތަށް އެކްސިޑެންޓެއް މި ފަހަކުން ވަނީ ހިނގާފައެވެ. ފުލުހުން ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ  ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 627 އެކްސިޑެންޓް ހިނގާފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް