Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 03:03
ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް އެމްޑީޕީއަށް ސޮއިކުރެއްވުން
ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް އެމްޑީޕީއަށް ސޮއިކުރެއްވުން
މުހައްމަދު ޝަރުހާން
އެމްޑީޕީ
ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް
ސަލީމާއި އެކު އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ

ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މާއުނގޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް އެމްޑީޕީއަށް ސޮއިކުރެއްވީ ށ. ފުނަދޫ ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ޝާހިދުގެ ކެމްޕެއިން ޖަލްސާއެއްގައެވެ.

ހޯމަ ދުވަހުގެ ރޭ މާ އުނގޫދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ކައުންސިލްގެ ރައީސް ސަލީމްގެ އިތުރުން ވެސް އެ ރަށުގެ ގިނަ ޒުވާނުންތަކެއް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކޮށް އެޕާޓީއަށް ސޮއިކޮށްފައެވެ.

ކައުންސިލްގެ ރައީސް ސަލީމްގެ އިތުރުންވެސް އެރަށުގެ ގިނަ ޒުވާނުންތަކެއް ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ

މާއުނގޫދޫ ކައުންސިލްގައި ސަލީމްގެ މިއީ ދެ ވަނަ ދައުރެވެ. ފުރަތަމަ ދައުރުގައި އޭނާ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވީ ޑީއާރުޕީއިންނެވެ. އަދި އެންމެ ފަހުން އިންތިހާބުވެވަޑައިގެންނެވީ ޕީޕީއެމުންނެވެ.

ފާއިތުވި ދައުރުގައި ވެސް އޭނާއަކީ މާއުނގޫދޫ ކައުންސިލްގެ ރައީސެވެ. އަދި މި ދައުރުގައި ވެސް އޭނާއަކީ އެ ކައުންސިލްގެ ރައީސެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު، އޭނާ ވަނީ އެ ދާއިރާގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާން ފައްޓަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް