Advertisement
ކ. މާލެ
|
2 އޭޕްރިލް 2019 | އަންގާރަ 15:45
ޕޮލިސް ސެޓްފިކެޓް ޕޯޓަލް އިފްތިތާހު ކުރި ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް ސެޓްފިކެޓް ޕޯޓަލް އިފްތިތާހު ކުރި ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ޕޮލިސް ސެޓްފިކެޓް ޕޯޓަލް އިފްތިތާހު ކޮށްފި
ރައްޔިތުންނާއި ގާތުން އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ތައްޔާރުކުރި ޕޯޓަލް އެއް

ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ތެރޭގައި ހިމެނޭ ރައްޔިތުންނާއި ގާތުން އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޕޮލިސް ސެޓްފިކެޓްގެ ހިދުމަތް މިހާރަށް ވުރެ ފަސޭހަކޮށް، ރައްޔިތުންނާއި ގާތުން އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ތައްޔާރުކުރި "ޕޮލިސް ސެޓްފިކެޓް ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.

އަންގާރަ ދުވަހު  އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، މި ޕޯޓަލް އިފްތިތާޙް ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މިރަސްމިއްޔާތުގައި ޙަމީދު ވިދާޅުވީ ގިނަ ޢަދަދެއްގެ ރައްޔިތުން ފުލުހުންގެ މަރުކަޒުތަކަށް ޕޮލިސް ސެޓްފިކެޓް ހޯދުމަށް އެދެމުންދާ ކަމަށާއި މި ޚިދުމަތް މެނުއަލް ޕްރޮސެސްއަކުން ދުރަސް ގޮސް، އިލެކްޓްރޯނިކް ޚިދުމަތެއްގެ ގޮތުގައި ތަޢާރަފްވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ފަސޭހައެއް ކަމަށެވެ. އަދި މިއަދު އިފްތިތާޙު ކުރި " ޕޮލިސް ސެޓްފިކެޓް ޕޯޓަލް" ގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެގޮތުން ސެޓްފިކެޓް ހޯދުމަށްޓަކައި ރައްޔިތުން ހޭދަކުރަމުންދާ ވަގުތުތަކާއި އުނދަގޫތަކަށް ވަރަށް ބޮޑު ފަސޭހައެއް އަދި ހެޔޮބަދަލެއް އަންނާނެ ޚިދުމަތަކަށް މިޚިދުމަތް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ކުށުގެ ތަފާސް ހިސާބު ހިމަނައިގެން ތައްޔާރުކޮށްފައިވާ " ތަފާސް ހިސާބު 2019 " ފޮތް ނެރެދެއްވާފައެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް