އއ.މަތިވެރި ގެސްޓުހައުސްއަކުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައި ހުރި ގިނަ އަދަދެއްގެ ފުޅި ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 18 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މަހުގެ 1 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު މަތިވެރި ގެސްޓުހައުސްގެ ރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެގެސްޓްހައުސް ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ގެސްޓްހައުސް ބަލާފާސްކުރިއިރު، 70 އަށް ވުރެ ގިނަ ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައި ހުރި ގިނަ އަދަދެއްގެ ފުޅި ފެނިފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.