Advertisement
ކ. މާލެ
|
1 އޭޕްރިލް 2019 | ހޯމަ 21:40
ރައީސް ސޯލިހާއި ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން، މިނިސްޓަރު މާރިޔާ އާއި މޯލްޑިވިއަންގެ އިސް ބޭފުޅުން މަރުހަބާ ދަންނަވަނީ
ރައީސް ސޯލިހާއި ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން، މިނިސްޓަރު މާރިޔާ އާއި މޯލްޑިވިއަންގެ އިސް ބޭފުޅުން މަރުހަބާ ދަންނަވަނީ
އެމްޑީޕީ
ބޮޑުތިލަދުންމަތި
ތިލަދުއްމަތީ 13 ރަށަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ސޯލިހާއި ރައީސް ނަޝީދު މާލެ ވަޑައިގެންފި
ހަނިމާދޫއަށް ފަހު ރަށްތަކަށް ވަޑައިގެންނެވީ ވަކިވަކިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިލަދުއްމަތީގެ 13 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ހޯމަ ދުވަހުގެ ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އެކީގައި ތިލަދުއްމައްޗަށް ފެއްޓެވި ދަތުރުފުޅުގައި، ބައެއް ރަށްތަކަށް ވަކިވަކިން ވަޑައިގެންނެވިއެވެ. އާދީއްތަ ދުވަހުގެ ހެނދުނު ދެބޭފުޅުން އެކުގައި ހދ. ހިނިމާދޫއަށް ވަޑައިގަތުމަށް ފަހު، އެ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް ޣަފޫރު މޫސާގެ ކެމްޕެއިންގައި ދެބޭފުޅުން އެކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެއަށްފަހު ދެ ބޭފުޅުން ހަނިމާދޫއިން، ފުރައިވަޑައިގެންނެވީ ވަކިވަކިންނެވެ. 

ތިލަދުއްމައްޗަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހު ވަޑައިގެންނެވި ހަނިމާދޫގެ އިތުރުން ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. އުތީމު، ހއ. ދިއްދޫ، ހދ. ނޮޅިވަރަމްފަރު، ހދ. ކުޅުދުއްފުށި، ހއ. ކެލާ އަދި ހއ. ފިއްލަދޫއެވެ. 

ރައީސް ނަޝީދު ވަޑައިގެންނެވީ ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް، ހދ. ނެއްލައިދޫ، ހއ. ކެލާ، ހދ. ކުޅުދުއްފުށީ، ހއ. މުރައިދޫ، ހއ. އިހަވަންދޫ، ހއ. ދިއްދޫގެ އިތުރުން ހދ. ބާރަށަށެވެ.

ދެބޭފުޅުން ތިލަދުއްމައްޗަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިއްމަވާލެއްވުމަށް ފަހު، ހޯމަ ދުވަހުގެ ރޭ މާލެ ވަޑައިގެން، މާލޭގައި ބޭއްވި ބައެއް ކެމްޕެއިން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް