Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 21:10
ރައީސް ނަޝީދު ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދު ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ރައީސް ނަޝީދު
އެހެން ޕާޓީއެއްގައި ހުއްޓަސް ޑރ. ހުސެއިނަކީ އަޅުގަނޑުމެންގެ ވަޒީރެއް: ނަޝީދު
ވޭމަންޑޫ ނިސްބަތްވާ ވަޒީރަކު ހުންނަވާތީވެ އުފާކުރައްވާ ކަމަށް ނަޝީދު ވިދާޅުވި

ޖުމްހޫރީ ޕާޓީގައި ހުންނެވިޔަސް އެންވަޔަރަމެންޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. ހުސެއިން ރަޝީދަކީ, އަބަދުވެސް އެމަނިކުފާނާއި ރައީސް ސޯލިހުއާ އެކު ދެމިހުންނަވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.  

ރައީސް ނަޝީދު އެހެން ވިދާޅުވީ، އެޖެންޑާ 19 ކެމްޕޭނު ދަތުރުފުޅުގައި ޑރ. ހުސެއިން ރަޝީދުގެ ރަށް ވޭމަންޑޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

ނަޝީދު ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި އެ ރަށަށް ނިސްބަތްވާ ވަޒީރަކު ހުންނެވުމަކީ އެކަމާ މެދު އުފާކުރައްވާ ކަމެއް ކަމަށާއި، ޑރ. ހުސެއިންއަކީ އެހެން ބައެއްގެ ވަޒީރެއްގައި ގޮތުގައި ދެކެން ނުޖެހޭ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ވަޒީރު. އެ ބޭފުޅަ މިއަދު ހުންނެވި ޕާޓީ އެހެން ޕާޓީއަކަށް ވެދާނެ. އެކަމަކު ކަންކަމުގެ ހަގީގަތް ތަންކޮޅެއް ބޮޑަށް އެނގި ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް އަދި އަޅުގަނޑުގެ ވެސް. އަޅުގަނޑުމެންގެ ވަޒީރެއް ޑރ. ހުސެއިން އަކީ. އެބޭފުޅާ އަށް އެއްވެސް ބަދަލެއް އަޅުގަނޑުމެންނަށް ވޯޓެއް ނަގައިގެން އަންނަ ގޮތަކަށް ނައަންނާނެ، ނަޝީދު ވިދާޅުވިއެވެ.  

ނަޝީދު ވިދާޅުވީ، އެރަށަށް ދިމާވެފައިވާ ހުރިހާ ކަންތައްތަކަށް ވެސް އެޖެންޑާ 19 އިން ހައްލު ލިބެގެންދާނެ ކަމަށެވެ. އެ ރަށު ހުރިހާ ރައްޔިތުން ވެސް އެމްޑީޕީއަށް ވޯޓުދީ އެ ޕާޓީގެ މެމްބަރުން އިންތިހާބު ކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ޑރ. ހުސެއިން އަށް ނަޝީދު ތައުރީފު ކުރައްވާފައިވާއިރު، ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ އެކު މަޖިލީހަށް ވާދަކުރަން ނިންމުމުން ޑރ. ހުސެއިން ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން، އަސްލު ޖޭޕީ މީހަކު ޕީޕީއެމް މެމްބަރަކަށް ވޯޓު ނުދޭނެއެވެ. ޖޭޕީއާ ގުޅިވަޑައިގަތުމުގެ ކުރިން ޑރ. ހުސެއިން ހުންނެވީ އެމްޑީޕީގައެވެ.  

މި ފަހަކަށް އައިސް އެމްޑީޕީގެ ކެމްޕޭނު ޖަލްސާތަކުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ ވެސް އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް