Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 12:35
މި ޓްރެއިނިންގ ޕްރޮގްރާމަކީ އެއް ދުވަހަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް
މި ޓްރެއިނިންގ ޕްރޮގްރާމަކީ އެއް ދުވަހަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް
ހައްވާ މުހައްމަދު
ލޭބާރ ޕާޓީ
ލޭބާރ ޕާޓީ އާއި އޮސްޓްރޭލިޔާގެ ލޭބާރ ޕާޓީ އާއި ގުޅިގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި
ޔޫނިއަންތައް ބާރުވެރިކުރުވުމާއި، ކެމްޕެއިން ސްޓްރެޖީތަކުގެ އިތުރުން ކެމްޕެއިން ކުރުމުގައި ކޮމިއުނިކޭޝަން އާއި މީޑިއާ ބޭނުންކުރެވިދާނެ ގޮތްތަކާއި ބޭހޭ ގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައި
ޓްރެއިނިންގ ޕްރޮގްރާމްގައި މައުލޫމާތު ދެއްވާފައިވަނީ  އޮސްޓްރޭލިޔަން ލޭބާރ އިންޓަރނޭޝަނަލް އޮޕަރޭޝަންސްގެ  ޑިރެކްޓަރ ޓްރޫޑީ ޖެކްސަން

އޮސްޓްރޭލިޔާގެ ލޭބާރ ޕާޓީ އާއި މޯލްޑިވްސް ލޭބާރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާރ ޕާޓީ) ގުޅިގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

ލޭބާރ ޕާޓީން ބުނީ އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޓްރެއިނިންގ ޕްރޮގްރާމްގައި ޕާޓީ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ޔޫނިއަންތައް ބާރުވެރިކުރުވުމާއި، ކެމްޕެއިން ސްޓްރެޖީތަކުގެ އިތުރުން ކެމްޕެއިން ކުރުމުގައި ކޮމިއުނިކޭޝަން އާއި މީޑިއާ ބޭނުންކުރެވިދާނެ ގޮތްތަކާއި ބޭހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެވިފައިވާނެ ކަމަށެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ލޭބާރ ޕާޓީގެ ލީޑަރޝިޕް ކޮމިޓީގެ މެމްބަރުންނާއި، އާންމު މެމްބަރުންގެ އިތުރުން،ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓުންނާއި،ޕާޓީއާއެކު އެފިލިއޭޓް ވެގެން މަސައްކަތް ކުރާ ބައެއް ޖަމިއްޔާތައް ތަމްސީލްކުރާ  މެމްބަރުން  ވަނީ ބައިވެރިވެފައެވެ.

 މި ޓްރެއިނިންގ ޕްރޮގްރާމްގައި މައުލޫމާތު ދެއްވާފައިވަނީ  އޮސްޓްރޭލިޔަން ލޭބާރ އިންޓަރނޭޝަނަލް އޮޕަރޭޝަންސްގެ  ޑިރެކްޓަރ ޓްރޫޑީ ޖެކްސަންއެވެ.

30 ފަރާތަކުން ވަނީ މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެފައި

ލޭބާރ ޕާޓީން ބުނީ 30 ފަރާތަކުން ބައިވެރިވި މި ޓްރެއިނިންގ ޕްރޮގްރާމްގައި ލޭބާރ ޕާޓީ ހިންގުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލާ މަޝްވަރާ ކޮށްފައިވާއިރު، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން   މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ޕާޓީ ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި، ޕާޓީއަށް މެމްބަރުން އިތުރުކުރެވިދާނެ ގޮތްތަކުގެ އިތުރުން ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ލޭބާރ ޕާޓީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް