Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 12:33
ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޓްވިޓަރ
ރައީސް ނަޝީދު
ސުނާމީގެ ޚަބަރު ރާއްޖެއިން ބޭރަށް ފޮނުވީ އަފީފު: ރައީސް ނަޝީދު
މިއަތޮޅުގެ ރަށްތައް އަލުން އަނބުރާ އާބާދުވުމުގައި އެންމެ ބޮޑު ހިއްސާއެއްވި ދަރިއަކީ އަފީފް

ސުނާމީގެ ޚަބަރު ރާއްޖެއިން ބޭރަށް ފޮނުވީ ވިލިފުށީ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ހަސަން އަފީފުގެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހަސަން އަފީފުގެ ކެންޕެއިން ޖަލްސާގައި މަޑިފުއްޓަށް ވަޑައިގަންނަވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސުނާމީއަށްފަހުގައި ވަރަށް އުނދަގޫ ދުވަސްވަރެއްގައި މިރަށް އަލުން އަނބުރާ ބިނާ ކުރުމަށް ރަށުގެ ރައްޔިތުންނާއި، ހަސަން އަފީފު ގުޅިގެން ވަރަށް ފުޅާދާއިރާއެއްގައި  މަސައްކަތްތަކެއް ހިންގެވި ކަމަށެވެ.

ސުނާމީއަށް ފަހު އެންމެން ތިބީ ވަރަށް ނިކަމެތި ހާލުގައި ބިކަވެފައިވާ ކަމަށާއި، ގިނަ ރައްޔިތުން ތިބީ ވަގުތީ ހިޔާގައި ކަމަށެވެ. އަދި ވިދާޅުވީ މަދަރުސާތައް ބަންދުވެ މުޅި ރަށް ފަޅުވެގެން ދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު ވެރިކަމާ އެމްޑީޕީން ހަވާލުވިއިރު ވެސް ވަގުތީ ހިޔާގައި ތިބި އާއިލާތައް އެމީހުންގެ ގެތަކަށް ނުވެއްދޭކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ މިއަތޮޅުގެ ރަށްތައް އަލުން އަނބުރާ އާބާދުވުމުގައި އެންމެ ބޮޑު ހިއްސާއެއްވި ދަރިއަކީ އަފީފް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން މަސައްކަތް ކުރީ ރާއްޖެއަށް ސުނާމީ އެރުމުން އެކަން ބޭރުގެ ގައުމުތަކަށް ސިއްރުކުރަން ކަމަށެވެ.

"ސުނާމީ އެރިއިރު އަފީފު ހުންނެވި އަތޮޅުގައި. ސުނާމީއާއެކުގައި ސުނާމީގެ ޚަބަރު ރާއްޖޭން ބޭރަށް ފޮނުވީ އަފީފު. ރައީސް މައުމޫންގެ ސަރުކާރުން އުޅުއްވީ އެސުނާމީ ސިއްރުކުރައްވަންވެގެން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސުނާމީ އަރައި ގެއްލުންވިކަން ބޭރުގެ ގައުމުތަކަށް ސިއްރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ އަފީފުގެ ވެސް މަސައްކަތުން ކަމަށެވެ. ނަޝީދު ވިދާޅުވީ ކަންކަން ސިއްރު ކުރުމަކީ އޭރުގައި އެއީ އާންމު ސިޔާސަތެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
31 މާރޗް 2019 | އާދީއްތަ 02:42
ހައްވަ
ތިޔައީ ކަނޑައެޅީގެން ބުހްތާން ދޮގެއް. އަފީފު ބޭރުން ކާކަށް ތިޔަބުނާ މަޢުލޫމާތު ފޮނުވީ؟