Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 23:18
ހުކުރު ދުވަހު ބޭއްވި 2018 ވަނަ އަހަރުގެ ގަރލް ގައިޑް އަހަރީ އާންމު ޖަލްސާގެ ތެރެއިން
ހުކުރު ދުވަހު ބޭއްވި 2018 ވަނަ އަހަރުގެ ގަރލް ގައިޑް އަހަރީ އާންމު ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ގާލްގައިޑް
ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ ހަރަކާތެއް: ފަޒްނާ
ކޮންމެ ބެޖަކީވެސް އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ކޮންމެވެސް މުހިންމު ހުނަރަކާއި ގުޅިފައިވާ ކަމެއްކަން އެކަމަނާ ފާހަގަ ކުރެއްވި

ގަރލް ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ މުހިންމު ހަރަކާތެއް ކަމުގައި ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ހުކުރު ދުވަހުގެ ހަވީރު މުލީއާގޭގައި ބޭއްވި ގަރލް ގައިޑްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ގައިޑް ހަރަކާތުގެ ބައިވެރިން ފުރިހަމަ ކުރަންޖެހޭ ކޮންމެ ބެޖަކީވެސް އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ކޮންމެވެސް މުހިންމު ހުނަރަކާއި ގުޅިފައިވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، މިފަދަ ކޮންމެ ކަމެއް ހާސިލްކުރުމުގައިވެސް ހަމައެކަނި ބެޖް ފުރިހަމަ ކުރުމުގެ ވިސްނުން ދޫކޮށްލައި، އެކަމުން އާކަންކަން ދަސްކުރުމަށް ގައިޑުންނަށް އެކަމަނާ ނަސޭހަތްތެރި ވެވަޑައިގަތެވެ.

ހުކުރު ދުވަހު ބޭއްވި 2018 ވަނަ އަހަރުގެ ގަރލް ގައިޑް އަހަރީ އާންމު ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިނާމާއި ސެޓްފިކެޓް ހާސިލްކުރި ފަރާތްތަކަށް އެތަކެތި ހަވާލުކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް