Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 13:10
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އިބްރާހިމް ފިކުރީ
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އިބްރާހިމް ފިކުރީ
އެމްޑީޕީ
އެމްޑީޕީ
ބަގާވާތުގެ ސަގާފަތް އާލާވިޔަ ނުދިނުމަށް އެމްޑީޕީއަށް ވޯޓު ދޭންޖެހޭ: ފިކުރީ
ސަރުކާރުގެ ވައުދުތައް ފުއްދުމަށް އޮތް އެންމެ ބޮޑު ވަސީލަތަކީ މަޖިލިސް
މީގެ ކުރިން މަޖިލީހުން ސަރުކާރަށް ދަތިތައް ކުރުވި
އެމްޑީޕީގެ ވައުދަކީ ގައުމީ ވައުދުތަކެއް

ރައްޔިތުން މަޖިލިސް މެދުވެރިކޮށް އެތަކެއް ބާގާވަތެއް ރޭވިގެން ދިޔަ މަންޒަރު ފެނިއްޖެ ކަމަށާއި، އަލުން އެސަގާފަތް މަޖިލިސް ތެރޭގައި އިޔާދަ ކުރަން ބޭނުންނުވާ ނަމަ މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓުދޭންޖެހޭ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އިބްރާހިމް ފިކުރީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ކެންޕޭން ޖަލްސާގައި ފިކުރީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮދިނުމަށާއި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް އޮތް އެންމެ ބޮޑު ވަސީލަތް ކަމަށެވެ. އަދި މިސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވީ ސަރުކާރަށް ޖެއްސުންކޮށް ދަތިތައް ކުރުވައި، މަޖިލިސް ތެރެއިން ބަގާވަތް ކުރުމަށް އެތައް ފަހަރަކު ރޭވިގެން ދިޔަ މަންޒަރު ރައްޔިތުންނަށް ފެނިފައިވާ ކަމަށާއި، މިސަގާފަތް އަލުން އަނބުރާ އިޔާދަނުކުރުމަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށެވެ.

''އެމްޑީޕީގެ މަގުސަދަކީ ދިވެހިރާއްޖެއަށް އަލުން އަނބުރާ ދިވެހިރާއްޖެއެއް ހޯދައިދިނުން. އެއީ ޖަޒީރާ ދިވެހިރާއްޖެ. އެމްޑީޕީން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ. ސަރުކާރުތަކުން އަނިޔާވެރިކަމާ ސަރުކާރުތަކަކީ ރައްޔިތުން އަޅުވެތިކޮށްގެން އެއިރެއްގެ ވެރިމީހާ ހިތައް އެރިގޮތަކަށް އޭނާ ކުރާ ކަމެއްގެ ގޮތުގައި ސަރުކާރު ހިންގުން އެއީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭޏުންވާ ގޮތެއް ނޫން.'' ފިކުރީ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ނުކުންނަނީ ސިޔާސީ ވައުދާއެކު ނޫން ކަމަށާއި، އެއީ ގައުމީ ވައުދުތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން އަބަދު ވެސް މަސައްކަތް ކުރަނީ ސިޔާސަތުތަކާއެކު ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް