އައްޑޫ ސިޓީ ފޭދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ މުހައްމަދު ނިހާދަށް ކެމްޕެއިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ހޯމަ ދުވަހުގެ ހަވީރު ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން، އައްޑޫ ސިޓީގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި އައްޑޫ ސިޓީ ކައުންސިލަރުންނާއި އެ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެން، ފޭދޫ ސްކޫލުގެ ޓީޗަރުންނާއި ބެލެނެވެރިންނާ ވަނީ ބައްދަލު ކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުން ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. އަދި އެ ސްކޫލުގައި ވަނީ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ހިޔާލު ބަދަލު ކުރައްވާފައެވެ.
ބުދަ ދުވަހުގެ ހަވީރު ފޭދޫގައި ބާއްވާ ފުޓްބޯޅަ މެޗެއްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާފައެވެ. އެއަށް ފަހު ހިތަދޫއަށް ވަޑައިގަންނަވާނެއެވެ. އަދި ހިތަދޫގައި ފެނަކައިން ހިންގާ އިންޖީނުގެއަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާނެއެވެ.
ރައީސް ސޯލިހް ވަނީ މި މަހުގެ ކުރީކޮޅު ވެސް އައްޑޫ އަށް ވަޑައިގެންފައެވެ.