ކ. މާލެ
|
27 މާރޗް 2019 | ބުދަ 12:55
ލ އަތޮޅާއި އައްޑުއަތޮޅާއި ދެމެދަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނޭ
ލ އަތޮޅާއި އައްޑުއަތޮޅާއި ދެމެދަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނޭ
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
މޫސުމް
ލ އަތޮޅާއި އައްޑުއަތޮޅާ ދެމެދުގެ ސަރަހައްދަށް ވިއްސާރަ
ވައިޓް އެލާޓް ނެރެފައިވަނީ ބުދަ ދުވަހުގެ ހެނދުނު 11:20 އިން 16:20 އަށް

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސަރވިސުން (މެޓް އޮފީހުން) ލ އަތޮޅާއި އައްޑޫ އަތޮޅާ ދެމެދަށް ވައިޓް އެލާޓު ނެރެފިއެވެ.

ލ އަތޮޅާއި އައްޑުއަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފައިވަނީ ބުދަ ދުވަހުގެ ހެނދުނު 11:20 އިން 16:20 އަށެވެ. 

މެޓް އޮފީހުން ބުނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި  މެދުތެރެއާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

"ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ." މެޓް އޮފީހުން ބުނެއެވެ. 

 

- ކޮމެންޓް